އަހަރުގެ އެންމެ އަގުބޮޑު ކައިވެނިކަމަށްވާ އާނަންތު އަންބާނީ އަދި ރަދިކާ މާޗަންތުގެ ކައިވެންޏަށް ކިމް އަދި ކްލޮއީ ކާޑޭޝިއަންސް ވެސް ބައިވެރިވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި މި ކައިވެނީގެ ބޮޑު ހަފްލާގައި ކިމް އަދި ކްލޮއީ ބައިވެރިވުމަށް އިންޑިއާއަށް ދިޔައީ ބުރާސްފަތި ދުވަހު އެވެ. އިންސްޓްގްރާމްގައި މި އާއިލާއިން ވަނީ އިންޑިޔާއިން ލިބުނު ވަރުގަދަ މަރުހަބާ އާއި މެހެންމާންދާރީ ދައްކާލާފަ އެވެ.

ކިމްގެ އިންސްޓްގްރާމް ސްޓޯރީގައި އޭނާ ބުނިގޮތުގައި ދަ ކާާޑޭޝިއަންސްގެ ޝޯއަށް މި ދަތުރު ފިލްމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި "ކިމް އެންޑް ކްލޮއީ ޓޭކް އިންޑިޔާ" ޝޯގައި ފެންނާނެ ކަމަށް ވަނީ ބުނެފަ އެވެ.

ކާޑޭޝިއަންސްއަށް މި ކައިވެންޏަށް ދައުވަތު ދިނީ އަންބާނީ އާއިލާގެ ކާކުކަން ޔަގީނެއް ނޫނެވެ. ނަމަވެސް އާނަންތް އަންބާނީގެ މަންމަ ނީތާ އަންބާނީގެ އަތުގައި ހިފައިގެން ކިމް ދާ ވީޑިއޯއެއް ޝޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އަންބާނީ ކައިވެނީގެ އިތުރު އިވެންޓުތައް އަދިވެސް ދަނީ ކުރިއަށެވެ.