އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.
އެ ހަމަލާ ކުށްވެރި ކުރައްވާ ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މައިދާނުގައި އަނިޔާވެރިކަމަށް ޖާގައެއް ނެތް ކަމަށާއި ކޮންމެ ތަނެއްގައި ހިނގާ ހުރިހާ ބާވަތެއްގެ އަނިޔާވެރިކަން ހަރުކަށިކޮށް ކުށްވެރި ކުރައްވާ ކަމަށެވެ.
އެ ހަމަލާގައި ޒަހަމްވެ ވަޑައިގަތް ޑޮނަލްޑް ޓްރަމްޕަށާއި އާއިލާއަށް އަދި އަނިޔާ ލިބުނު އެންމެނަށް ރައީސް މުއިއްޒު ހެޔޮވެދުން ފޮނުއްވާފައިވެ އެވެ.
ޕެންސިލްވޭނިއާގައި މިއަދު ކުރިއަށް ދިޔަ ކެމްޕޭން އެއްވުމެއްގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް ދިން ހަމަލާއިން އެމަނިކުފާނު ސަލާމަތްވެ ވަޑައިގަތީ ހަނިގޮތަކަށެވެ. މި ހަމަލާގައި ޓްރަމްޕްގެ ކަނާތު ކަންފަތް ޒަހަމްވެ، އެއްވުމުގައި ހުރި ސަޕޯޓަރަކު ވަނީ މަރުވެފަ އެވެ.

މަގު ހަދަން ހެންވޭރު ޓާމިނަލުން ރަސްމީ ފާލަމަށް ފަޅު ބަންދުކުރަނީ
ދަރިއަކު ލިބުމުން ހޮލީވުޑް ދޫކޮށްލާނަން: ޓޮމް
އަހަރުގެ ފުރަތަމަ 2 މަސްތެރޭ އާސަންދައާއި ސަބްސިޑީއަށް 2 ބިލިއަން