ނިކް ޖޯނަސްއަކީ ޒުވާން ހަށިގަނޑެއްގައި ތާށިވެފައިހުރި އުމުރުން ދުވަސްވީ މުސްކުޅިއެއް ކަމަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ކޭޓް ހަޑްސަން ބުނެފި އެވެ.

"ވޮޗް ވަޓް ހެޕަންސް ލައިވް"ގައި އޭންޑީ ކޯހެންއާއެކު ދެކެވުނު ވާހަކައެއްގެ ތެރެއިން ކޭޓް ބުނީ ކުރު މުއްދަތަކަށް ދެމިގެންދިޔަ އެމީހުންގެ ގުޅުމަކީ ވަރަށް މަޖާ، އުފާވެރި ގުޅުމެއް ކަމަށެވެ.

"އޭނާއަކީ ޒުވާނެއްގެ ސިފައިގައި ހުރި ބޮޑު މުސްކުޅިއެއް. އަހަރުމެން އެންމެންވެސް އޭނާދެކެ ލޯބިވޭ" ހިނިގަނޑަކާއެކު ކޭޓް ބުންޏެވެ.

https://www.youtube.com/watch?si=TghvhOccSwZtuYvf&embeds_referring_euri=https%3A%2F%2Fhollywoodlife.com%2F2024%2F07%2F18%2Fkate-hudson-jokes-ex-boyfriend-nick-jonas-is-an-old-man-in-a-young-mans-body%2F&embeds_referring_origin=https%3A%2F%2Fhollywoodlife.com&source_ve_path=Mjg2NjQsMTY0NTA2&v=L_gijFypvmM&feature=youtu.be

ނިކްއާއި ކޭޓް ލޯބީގެ ގޮތުން ގުޅިގެން އުޅުނީ 2015 އަހަރުން ފެށިގެން 2016 ވަނަ އަހަރާ ދެމެދު އެވެ. އެމީހުން ވަނީ އެކުގައި އެކިފަހަރު މަތިން ފެނިފަ އެވެ.

ނިކް ވެސް ވަނީ 2016 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ކޭޓްއަށް ތައުރީފްކޮށް ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ކޭޓްއަކީ އެފަދަ ދެވަނައެއް ނެތް މީހެއް ކަމަށެވެ.

އެ އަހަރު އެ ގުޅުން ނިންމާލުމަށްފަހު ނިކް ވަނީ އޭގެ ދެ އަހަރު ފަހުން ޕްރިޔަންކާ ޗޯޕްރާއާ ކައިވެނި ކޮށްފަ އެވެ. އެ ދެމީހުންނަށް މިހާރު ދަރިއަކު ވެސް ލިބިފައިވެ އެވެ.