މޭވާއާއި ތަރުކާރީއަކީ އާއްމު ގޮތެއްގައި ވެސް ސިއްހަތަށް ފައިދާހުރި ބާވަތްތަކެއްކަން އަހަރުމެންނަށް އެނގެ އެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ވަކި ވަކި ބާވަތްތަކުގައި ހާއްސަ ސިފަތަކެއް އެކުލެވިގެންވެ އެވެ.

އެގޮތުން ކޮންމެ ދުވާހަކު އެއް މޭވާއެއް ގަވާއިދުން ކާނަމަ ނިދުމުގައި ކުރިމަތިވާ އުނދަގޫތައް ހައްލުކޮށްދީ ހިތުގެ ސިއްހަތު ރަނގަޅު ކޮށްދޭ ކަމަށް ދިރާސާއަކުން ވަނީ ދައްކާފަ އެވެ. އެއީ އެވޮކާޑޯ ނުވަތަ އޮއްކަދޫ އެވެ.

ޗިކާގޯގެ ނިއުޓްރިޝަން ކޮންފެރެންސަށް ހުށައެޅުނު އެ ދިރާސާގައި ބުނެފައިވަނީ ހިތުގެ ސިއްހަތާ ގުޅިފައިވާ ކަންކަން ކޮންޓްރޯލް ކުރުމުގެ ބާރު ލިބިގެންވާ މާއްދާތައް އެވޮކާޑޯގައި އެކުލެވޭ ކަމަށެވެ.

އެގޮތުން ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ފަދަ ކަންކަމަކީ ހިތުގެ ސިއްހަތަށް މުހިއްމު ކަންކަމަށްވާއިރު އެވޮކާޑޯއިން އެކަންކަމަށް އެހީވެދެ އެވެ.

ހަމައެއާއެކު އެވޮކާޑޯއަކީ އެވްރެޖްކޮށް މީހާގެ ނިދުމުގެ ފެންވަރު ރަނގަޅުކޮށްދީ ނިދުމަުގައި ކުރިމަތިވާ އުނދަގޫތަކަށް ލުޔެއް ގެނެސްދޭ މޭވާއެއް ކަމަށް ވެސް އެ ދިރާސާގައި ހޯދިފައިވެ އެވެ.

މީރު ރަހައެއް ނެތް ނަމަވެސް އެވޮކާޑޯއަކީ ނުކައި ދޫކޮށްލަންވާ ވަރުގެ މޭވާއެއް ނޫންކަން މި ދިރާސާގެ އަލީގައު އެނގިގެންދެ އެވެ.