ރާއްޖޭގައި ބަލިތަށް ދެނެގަތުމަށް ހާއްސަކޮށްގެން ހެދޭ ކްރިޓިކަލް ޑައިގްނޯސްޓިކް ހިދުމަތްތައް ފަސޭހައިން ލިބޭނެގޮތް މަގުފަހިކުރުމަށްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ އެމްއާރުއައި ކެމްޕެއިނެއް ތައާރަފްކޮށްފި އެވެ.

މި ކެމްޕޭނުގެ ދަށުން ހިދުމަތްހޯދާ ފަރާތްތަކަށް އިތުރު އެއްވެސް ހަރަދަކާ ނުލައި އެމްއާރުއައި ސްކޭން ހެދޭނެ އެވެ.

ޓްރީ ޓޮޕްގެ ސީއީއޯ ޑރ. އެސް ސްރިވަތުސަން ސްރީދަރު ޖީ ވިދާޅުވީ އެމްއާރުއައި ސްކޭން ހަދަން ބޭނުންވާ ދިވެހީންނަށް ގިނަގުނަ ދަތިތަކެއް ހުރިކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން މި ކެންޕޭނުގެ އަމާޒަކީ ދިމާވެފައިވާ ގޮންޖެހުންތަކަށް ލުޔެއް ހޯދާދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހިރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ ހިދުމަތްތައް އަބަދުވެސް އެ ހޮސްޕިޓަލުން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 16 ގެ ނިޔަލައް ކުރިއަށް ގެންދާ މިކެމްޕޭން ހާއްސަ ކުރެވިފައި ވަނީ ހަމައެކަނި ދިވެހީންނަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ދެ އެމްއާރްއައި މެޝިންގެ ހިދުމަތްތައް

ޓްރީޓޮޕް ހޮސްޕިޓަލްގެ ޒަމާނީ ދެ އެމްއާރްއައި މެޝިނުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި، ކުޑަކުދިންނަށް އަމާޒުކޮށްގެން އެކި ބާވަތުގެ ވީޑިޔޯ ދެއްކުމާއި، ތަފާތު އަޑުތަކާއި މިއުޒިކް ޖަހާދިނުން ހިމެނެ އެވެ. މީގެ އިތުރުން ހާއްސަކޮށް ދުވަސްވީ ބޭފުޅުންނާއި ބިރުވެރިކަން އިހްސާސްކުރައްވާ ފަރާތްތަކަށް، އެމްއާރްއައި ސްކޭން ނަގާއިރު ގާތުގައި އެހީތެރިޔަކު ބެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި ހިދުމަތްތަކުގެ ސަބަބުން ބަލިމީހުންނަށް ފަސޭހަވެ، ހިންހަމަޖެހޭ މާހައުލެއްގައި ސްކޭން ހެދުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ އެވެ.

މި ސްކްރީނިން ކެމްޕެއިނަށް ބުކިންގް ހެއްދެވުމަށާއި އިތުރު މައުލޫމާތު ހޯއްދެވުމަށް، 3351610 އަށް ގުޅުއްވުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތްފޯރުކޮށްދޭ ހޮސްޕިޓަލެކެވެ. އަޅުގަނޑުމެންގެ އަމާޒަކީ ހިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.