މާލެއިން 178 ކޭސްއާ އެކު މިއަދު ޖުމްލަ 196 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އަތޮޅުތެރެއިން 4 މީހަކު، ރިސޯޓްތަކުން ޖުމްލަ 12 މީހަކު އަދި ސަފާރީތަކުން 2 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއަދުގެ 196 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 19،793 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،475 ގައި މިހާރު ހުރިއިރު 17،249 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ތިން މީހަކަށް ފަރުވާ އަންނަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް މި ބަލީގައި 62 މީހަކު ވަނީ މަރުވެފަ އެވެ.