އެންމެންގެ ލޯބި ލިބިފައިވާ މާވެލް ސިނެމަޓިކް ޔުނިވާސްގެ ތަރި ރޮބާޓް ޑައުނީ ޖޫނިއާ އަނބުރާ މާވެލްއަށް އަތުވެއްޖެ އެވެ.

ރޮބާޓް ކުރިން ކުޅެފައި ވަނީ އަޔަން މޭން ޓޯނީ ސްޓާކްގެ ރޯލެވެ. 2018 ގެ އެވެންޖާސް އެންޑްގޭމްގައި ޑައުނީގެ ކެރެކްޓަ މަރުވުމުން ދެން އޭނާ މާވެލްއިން ފެންނާނެ ކަމަށް ފޭނުން އުންމީދެއް ނުކުރެ އެވެ.

ސޭންޑިއޯގޯ ކޮމިކް ކޯންގައި ބޭއްވި އިވެންޓްގައި މާވެލްއިން ވަނީ "އެވެންޖާސް: ޑޫމްސްޑޭ" ގައި ވިކްޓޯ ވޮން ޑޫމްގެ ރޯލުން ޑައުނީ ފެންނާނެ ކަމަށް އިއުލާންކޮށްފަ އެވެ.

މި އިވެންޓުގައި ފިލްމު އުފައްދާ ޖޯ ރޫސޯ ވަނީ މި ރޯލަށް ޑައުނީ ނެގި ސަބަބު ބަޔާންކޮށްދީފަ އެވެ.

އޭނާ ބުނި ގޮތުގައި ޑޮކްޓަ ޑޫމްގެ ރޯލަކީ ވަރަށް އެންޓަޓެއިނިން އަދި ކޮމްޕްލެކްސް ރޯލެއް ކަމަށެވެ. އަދި މި ފަދަ ރޯލަކަށް ބޭނުންވާނީ އެންމެ ވަރުގަދަ އެކްޓަރެއް ކަމަށެވެެ.

ކުރިން ވެސް ޑައުނީ ވަނީ މާވެލްއަށް އަލުން އައުމަށް ފުރުސަތު ލިބިއްޖެނަމަ އަންނާނެ ކަމަށް ބުނެފަ އެވެ.

މާވެލްގެ އެވެންޖާސް: ޑޫމްސްޑޭ ނުކުންނާނީ މެއި 2026 ގަ އެވެ.