އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށްފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ. އިންތިހާބުގައި ވޯޓުލުން ކުރިއަށް ގެންދާނީ އެދުވަހު މެންދުރު 2:00 އިން ރޭގަނޑު 9:30 އަށެވެ.

އެމްޑީޕީން ވަނީ މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފަ އެވެ. އެގޮތުން 25 ދާއިރާއަކަށް 10،683 މީހުން ވޯޓުލާނެ އެވެ. މި ލިސްޓު އެ ޕާޓީގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.

އެމްޑީޕީން ބުނީ މި އިންތިހާބުގައި ވޯޓުލުމަށް މާލެ ސަރަހައްދުގައި 27 ފޮށްޓަކާއި ރަށްރަށުގައި 24 ފޮޓެއް ބަހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.