އަންނަ ސެޕްޓެމްބަރު މަހު އެޕަލްގެ އައިފޯން 16 ނެރެން ތައްޔާރު ވަމުން އަންނައިރު އެ ފޯނުގެ ބައެއް ފޮޓޯތައް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ލީކުވެ ދައުރުވަމުންނެވެ.

އެންމެ ފަހުން ލީކުވި ފޮޓޯތަކުން ފެންނަނީ އައިފޯން 16 ލިބެން ހުންނާނެ ތަފާތު ފަސް ކުލަ އެކެވެ. އޭގެ ތެރޭގައި ހުދާއި ކަޅުގެ އިތުރުން ފިޔާތޮށި، ނޫ އަދި ފެހިކުލަ ހިމެނެ އެވެ.

މިކުލަތަކުގެ ޑިޒައިންތައް އާއްމުވުމާއެކު މިކަމުގައި މުޅި އިންޓަނެޓް ވަނީ ދެބައިވެފަ އެވެ. ގިނަ ބަޔަކަށް އައިފޯން 16ގެ އެ ކުލަތައް ކަމުގޮސްފައެއް ނުވެ އެވެ.

އައިފޯން 16ގެ ކުލަތައް

އެގޮތުން "ސޮލިޑް" ކުލަތައް އައިފޯންއާ ނުގުޅޭ ކަމަށާއި އެއަށްވުރެ މަޑު ކުލަކުލަ އެ ފޯނަށް ކަމުދާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

6.1 އިންޗީގެ ސްކްރީންއަކާއި 3561 އެމްއޭއެޗްގެ ބެޓެރިއަކާއެކު ނެރެން ހަމަޖެހިފައިވާ އައިފޯން 16އަކީ އައިފޯން 15 އަށްވުރެ ހުރިހާ ގޮތަކުން ވެސް މޮޅު ފޯނެކެވެ.

އައިފޯން 16އަކީ އެޕަލްގެ ފޯނެއްގައި ފުރަތަމަ ފަހަރަށް "އެކްޝަން" ބަޓަންއާއެކު ނެެރޭ ފޯނެކެވެ. މިއީ "މިއުޓް" ފީޗާގެ ބޭނުން ކެނޑޭނެ ކަމެކެވެ.