މި ފަހަރު ހުރިހާގެ ދިހަ ސުވާލު މި އަމާޒުކޮށްލަނީ ސްކައިރޮކް ބޭންޑްގެ ހިތްގައިމު ލަވަކިޔުންތެރިޔާ އިންޝާއަށް.

1. ލަވަ ކިޔަން ފެށީ ކޮން އިރަކު؟

ޖަވާބު: އެންމެ ފުރަތަމަ ސްޓޭޖެއްގަ ލަވަކީ އުމުރުން 4 ނުވަތަ 5 އަހަރުގައި. ހަނދާން ހުންނަން ފެށީއްސުރެ ލަވަ ކިޔަން. ލަވަ ނުކިޔާ ހަނދޭނެއް ނުވޭ. ހެހެ.

2. މިހާރު އެއްކޮށް ވޯކް ކުރާ ބޭންޑާއި ބެހޭގޮތުން ބުނެލަން އޮތީ ކީކޭ؟

ޖަވާބު: އެންމެން ދެކެވެސް ވަރަށް ލޯބިވޭ. އެކީގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ. އެންމެންގެ ކެމިސްޓްރީ އެހާ ރަނގަޅު. އެއިން ކޮންމެ މީހަކީވެސް ޔުނީކް މީހެއް. އެމީހުންގެ ޔުނީކް ސްޓައިލް އަހަރުމެންގެ ލަވަތަކަށް ގެނެސްދޭ. މިވަރުގެ ޓީމެއް ނެތް.

https://www.instagram.com/p/C9IaEp4yyPB/?igsh=MTRkc3g2aHV3a2FjeA==

3. އެއްކޮށް ލަވައެއް ކިޔާލަން ބޭނުންވާ މީހަކު އެބަ ހުރިތަ؟

ޖަވާބު: އުނޫޝާ. ޝީ އިޒް އަ ބިގް އިންސްޕިރޭޝަން ފޯ މީ.

4. ކޮބާ އިންޝާގެ ސަޕޯޓް ސިސްޓަމް އަކީ؟

ޖަވާބު: ސަޕޯޓް ސިސްޓަމް ވަރަށް ބޮޑު. ފިރިމީހާ އިނާން އަކީ ސްކައިރޮކްގެ ބޭސިސްޓްވެސް މެ. މައިންބަފައިންނާއި އެއްބަނޑުއެއްބަފާ މީހުންނާއި އާއިލާގެ އެހެނިހެން މީހުން ވެސް. ދެން އޮފްކޯސް މައި ބެސްޓް ފްރެންޑްސް މިންހާ، ނާހީ، ތާއު، މައީޝާ އަދިވެސް އެހެން ގާތް ރައްޓެހިން

5. ޕަފޯމްކުރި އެންމެ މެމޮރަބަލް އިވެންޓަކީ ކޮބާ؟

ޖަވާބު: ސަމުގާގެ އަލްބަލް ރިލީޒް ޝޯ ބޭއްވި ރޭ. އެއީ 31 ޖުލައި (މިދިޔަ ބުދަ ދުވަސް) އެހެން އެއްވެސް ޝޯ އެއް ގާތް ނުކުރޭ. ދެން ދެން މެލޭޝިއާގައި ފަސީލައިވް އާއެކު ރެއިންފޮރެސްޓް ވޯލްޑް މިއުޒިކް ފެސްޓިވަލްގެ ޝޯ އަދި ޗައިނާގެ ނެޝަނަލް ޓީވީ ސީސީޓީވީިން ދެއްކެ ބިއުޓީ އޮފް ޝެއާޑް އާޓްސް ޕްރޮގްރާމްގައި އެ ގައުމުގެ ސުޕާ ސްޓާ ވެންގް ހެ ޔެ އާއެކު ހުށަހެޅި އިވެންޓް

https://www.instagram.com/p/C8reNSgJDjI/?igsh=Nm9xb2lzMzlpaTNp

6. ސްކައިރޮކްގެ އާ އަލްބަމް "ސަމުގާ" އާ ބެހޭ ގޮތުން ބުނެލަން އޮތީ ކީކޭ؟

ޖަވާބު: ވަރަށް ގިނަ ދުވަހުގެ މަސައްކަތް، ވަރަށް ގިނަ ގޮންޖެހުންތަކާ ދިމާވެފަ އޯވާކަމް ކޮށްފައި، ރިލީޒް ކުރީ، ސްރޮންގާ ދޭން އެވާ. މި އަލްބަމްއާ ދޭތެރޭ ވަރަށް ފަހުރުވެރިވޭ. މި ލަވަތައް އަޑުއަހާ ފަރާތްތަކަށް، އަހަރުމެންގެ ލަވް އެންޑް އެފޯޓް އިވޭނެ ކަމަށް އުއްމީދުކުރަން.

7. އެންމެ މެމޮރަބަލް ދުވަހަކީ ކޮބާ؟

ޖަވާބު: މައި ވެޑިންޑޭ. ދެން ސަމުގާ އަލްބަމް ރިލީޒް ޝޯ. އަސްލު ވަރަށް ބައިވަރު އެބަހުރި. މާ ގިނަ މެމޮރީސް އެބަހުރި ޗޫސް ކުރަން. ހެހެ.

8. މިހާ ތަނަށް ދެވުނު އެންމެ ރީތި ގައުމަކީ ކޮބާ؟

ޖަވާބު: އިޓަލީ. އިޓަލީއަށް ވަރަށް ލޯބި ޖެހުނު ހާއްސަކޮށް ރޯމްއަށް.

ސްކައިރޮކް ބޭންޑްގެ ލަވަކިޔުންތެރިޔާ އިންޝާ

9. ލަވަ ކިޔުންތެރިއެއްގެ ގޮތުގައި ރީޗް ކުރަން ބޭނުންވާ ލެވެލްއަކީ ކޮބާ؟

ޖަވާބު: ދެވޭ ހަމަ އެންމެ ދުރަކަށް. އެޗީވް ކުރާނެ ލިމިޓެއް ނުބަހައްޓަން. ދެވޭ އެންމެ ދުރަަކަށްދާނަން އިރާދަކުރެއްވިއްޔާ.

10. އިންޝާގެ ފޭނުންނަށް ބުނެލަން އޮތީ ކީކޭ؟

ޖަވާބު: ކަމެއް އެޗީވްކުރަން ބޭނުންނަމަ، ޕްރޭ ފޯ އިޓް. ވޯކް ފޯ އިޓް. ގިވް އަޕް ނުކުރާތި. ޕީޕަލް ވިލް ޓްރައި ޓު ޕުޓް ޔޫ ޑައުން. އަބަދުވެސް އުޅޭނެ ނެގެޓިވް މީހުން. އަޅާ ނުލާ ވޯކް އޮން ޔޯ ކްރާފްޓް. ރަނގަޅު އިންޓެންޝަންއެއް ހުރެއްޖެނަމަ، ރަނގަޅު ކަންކަން އެޓްރެކްޓްސް ވާނެ.

https://www.instagram.com/p/Csf1cbMpi4f/?igsh=bmFqbzc4c3dhNmxu