އިއްޔެ ރިލީޒް ކުރި ޖާންވީ ކަޕޫރުގެ އެންމެ ފަހުގެ ފިލްމު "އުލަޖް" ސިނަމާތަކުގައި މިހާރު ދައްކަމުން އަންނައިރު، އެ ފިލްމަށް އާއްމުންނާއި ފާޑުކިޔުންތެރިންގެ ފަރާތުން ލިބުނީ ފިނި ތަރުހީބެއް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މައިގަނޑު ގޮތެއްގައި އެ ފިލްމުން ފެންނަނީ އިންޑިއާގެ ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ އަންހެނަކު އިންޑިއާގެ ފުލުހުންގެ އިދާރާގެ އިސް މަގާމަކަށް އައުމުން އޭނާއަށް ކުރިމަތިވާ ގޮންޖެހުން ތަކެވެ. އެގޮތުން ފިލްމުގެ ވަކި ހިސާބަކުން އޭނާއަށް މުހިއްމުވަނީ އާއިލާގެ އިއްޒަތާއި ޝަރަފުތޯ ނުވަތަ އަމިއްލަ އުފަލާއި އަރާމުތޯ ސުވާލު ކުރެވޭ ފަދަ ހާލަތެއް ވެސް ފިލްމުގައި އާދެ އެވެ.
އެ ފިލްމު ބަލާފައިވާ ފަރާތްތަކުން ބުނާ ގޮތުގައިއެ ފިލްމުގައި އަލިއަޅުވާލަން މަސައްކަތް ކޮށްފައިވާ ކަންތައްތައް ގިނަ ކަމުން އެއްވެސް ކަމަކަށް ފުރިހަމަ ސަމާލުކަމެއް ދެވިފައެއް ނުވެ އެވެ.
މީގެ އިތުރުން ވެސް އެ ފިލްމުގައި ޖާންވީ ދައްކުވައިދީފައިވާ އެކްޓިންއަށް ވެސް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން އެއަށްވުރެ މާ މޮޅު ހުށައެޅުންތައް ޖާންވީގެ ފަރާތުން ފެނިފައިވާ ކަމަށް އެމީހުން ފާހަގަކުރި އެވެ.
"އޮބްސެޝަން"ގެ ޑިޖިޓަލް ރިލީޒް ތާރީހު ހާމަކޮށްފި
މާލޭގެ މަގުމަތީގައި ގޮދަޑިއެއް ބެހެއްޓި މީހަކު ހޯދަނީ
ވަގަށް ނެގި ވޯލްޑް ކަޕް ތަށި ހޯދި ގޮތް!