މަސްތުގެ ހާލަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ތުހުމަތުގައި މިދިޔަ ޖޫން މަހު ހައްޔަރު ކުރެވުނު ހޮލީވުޑް އެކްޓަރު ޖަސްޓިން ޓިމްބާލޭކްގެ ޑްރައިވިން ލައިސަންސް ހިފަހައްޓައިފި އެވެ.

ނިއުޔޯކުގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުމަކަށްފަހު މައްސަލަ ބެއްލެވި ޣާޒީ ނިންމެވީ ޖަސްޓިންގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށެވެ.

ބެލްޖިއަމްގައި ހުރެގެން އޮންލައިންކޮށް އެ އަޑުއެހުމުގައި ޖަސްޓިން ބައިވެރިވިއިރު އޭނާ ވަނީ އެކަމުގައި އޭނާގެ އެއްވެސް ކުށެއް ނެތް ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އެއާއެކު ޖަސްޓިންގެ ވަކީލުން ވެސް ވަނީ އޭނާގެ ދިފާއުގައި ކޯޓުގައި ހަމަނުޖެހުން ހިންގާ ކޯޓުގެ މަސްލަހަތު ގެއްލުވާލަން މަސައްކަތް ކޮށްފަ އެވެ.

ނަތީޖާއަކަށް ވީ ޖަސްޓިންގެ ވަކީލުންނަށް ޣާޒީ އިންޒާރުދީ އެކަންކަން ހުއްޓާނުލައިފިނަމަ ޝަރިވާ ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދިނުމެވެ.

ހަބަރުތައް ބުނާ ގޮތުގައި ޖޫން މަހުގެ 18 ވަނަ ދުވަހު ޖަސްޓިން ހައްޔަރު ކުރީ ރައްޓެހިންނާއެކު އުޅުމަށްފަހު ވެހިކަލް ދުއްވިއިރު ސިގްނަލަށް ނުހުއްޓުމުންނެވެ.

ކަފާލާތުގެ ދަށުން މިނިވަންވެ، މިވަގުތު ޔޫރަޕް ޓުއާއެއްގައި އުޅެމުން އަންނަ ޖަސްޓިން ވަނީ އޭނާގެ ޝޯތަކުގެ ތެރެއިން ހައްޔަރު ކުރެވުނު މައްސަލައަށް ޖޯކު ވެސް ޖަހާފަ އެވެ.