ފޮރިން މިނިސްޓަރު މޫސާ ޒަމީރު ކުރެއްވި ރަސްމީ ދަތުރުފުޅުތަކަށް އެ މިނިސްޓްރީގެ ބަޖެޓުން މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ހުރިހާ" އިން ހުށަހެޅި އާރްޓީއައިގެ ޖަވާބުގައި ވަނީ އެ މިނިސްޓްރީގެ ބަޖެޓުން ހަރަދުކޮށްގެން މިނިސްޓަރު ޒަމީރު ކުރެއްވި ދަތުރުފުޅުތަކަށް ޖުމްލަ 972,261.22 ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.
މިނިސްޓަރު ޒަމީރު ކުރެއްވި ދަތުރުފުޅުތަކުގެ ތަފްސީލް:
ބެލްޖިއަމް: ދަތުރުފުޅު ކުރެއްވި ސަބަބު: ޔޫރަޕިއަން ޔޫނިއަނާ ގުޅުން ބަދަހިކުރުމަށް
ދަތުރަށް ކުރި ހަރަދު: 214,908.54 ރުފިޔާ
ޖަރުމަނު: ދަތުރުފުޅު ކުރެއްވި ސަބަބު: މުނިޗް ސެކިއުރިޓީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް
ދަތުރަށް ކުރި ހަރަދު: 190,242.71 ރުފިޔާ
ސައުދި އަރަބިއްޔާ: ދަތުރުފުޅު ކުރެއްވި ސަބަބު: ދުނިޔޭގެ އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް
ދަތުރަށް ކުރި ހަރަދު: 71,185.50 ރުފިޔާ
ޔޫއޭއީ: ދަތުރުފުޅު ކުރެއްވި ސަބަބު: އަބޫދާބީ ފަންޑުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް
ދަތުރަށް ކުރި ހަރަދު: 55,095.66 ރުފިޔާ
އިންޑިއާ: ދަތުރުފުޅު ކުރެއްވި ސަބަބު: އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރަން މަޝްވަރާ ކުރަން
ދަތުރަށް ކުރި ހަރަދު: 34,104.72 ރުފިޔާ
ގަތަރު: ދަތުރުފުޅު ކުރެއްވި ސަބަބު: ގަތަރާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރަން މަޝްވަރާ ކުރަން
ދަތުރަށް ކުރި ހަރަދު: 108,186.72 ރުފިޔާ
ސްރީލަންކާ: ދަތުރުފުޅު ކުރެއްވި ސަބަބު: ސްރީލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރަން މަޝްވަރާ ކުރަން
ދަތުރަށް ކުރި ހަރަދު: 29,082.12 ރުފިޔާ
އެމެރިކާ: ދަތުރުފުޅު ކުރެއްވި ސަބަބު: އެމެރިކާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރަން މަޝްވަރާ ކުރުމަށާއި އދ. އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް
ދަތުރަށް ކުރި ހަރަދު: 264,274.13 ރުފިޔާ
ޗައިނާ: ދަތުރުފުޅު ކުރެއްވި ސަބަބު: ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރަން މަޝްވަރާ ކުރަން
ދަތުރަށް ކުރި ހަރަދު: 113,367.84 ރުފިޔާ
މީގެއިތުރުން ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް ޔުގެންޑާއަށް މި އަހަރުގެ ކުރީކޮޅު މިނިސްޓަރު ޒަމީރު ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހަމަޖައްސާފައި ވަނީ ރައީސް އޮފީހުން ކަމަށްވާތީ އެ ދަތުރަށް ހިނގި ހަރަދުގެ ތަފްސީލް އެނގެން ނެތް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.