މިއަހަރުގެ ޕެރިސް އޮލިމްޕިކްސްއަކީ މި ފަހަރު ރިކޯޑް ފޮތްތަކަށް ބާރު ބޮޑު އިވެންޓެކެވެ. މި ގޮތުން އޮލިމްޕިކްސްގެ އެހެން އެއްވެސް ކުޅިވަރެއްގައި ހާސިލްކުރެވިފައި ނުވާ ރިކޯޑެއް ވަނީ އުމުރުން 18 އަހަރުގެ ސެމް ވެޓްސަން ހަދާފަ އެވެ.
އެއީ އެންމެ 4.75 ސިކުންތުން ކުޅިވަރު ނިންމާލުމެވެ. މިވަރުގެ ކުޑަ ކުޑަ ވަގުތު ކޮޅެއްގެ ތެރޭފައި އެމެރިކާގެ އޮލިމްޕިއަން ވަނީ 15 މީޓަރުގެ ފާރަކަަށް އަރާފަ އެވެ.
ރޮކް ކްލައިންބިންއަކީ ވަރަށް ފިޓް އެތްލީޓުންނަށް ކުރެވޭނެކަމެވެ. އަދި މި ކަމަކީ ވަރަށް ޕްރެކްޓިސްވެސް ބޭނުންވާ ކަމެކެވެ.
މި އަހަރަކީ އޮލިމްޕިކްސްގައި ސޭމް ކުޅުނު ފުރަތަމަ ފަހަރަށް ވާއިރު، މިއީ އޭނާ ހޯދި ކާމިޔާބީއާ އެކު ތާރީހީ ހަރަކާތެކެވެ. ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ވަނީ ޕެރިސް ގޭމްސްގައި އޭނާ ކުރި ތަޖުރިބާގެ ހަނދާންތައް އާކޮށްފަ އެވެ. އޮލިމްޕިކްސްގައި ވާދަކުރުމާ ބެހޭ ގޮތުން އޭނާ ބުނީ މިއީ ހަޔާތުގައި އެންމެ ފޭވަރިޓް އެއް ތަޖުރިބާ ކަމަށެވެ.
ސެމްގެ ކާމިޔާބާއި އެކު އޭނާއަށް " ސްޕީޑީ ސޭމް" ގެ ނަން ވަނީ ލިބިފަ އެވެ.
ޖަސްޓިންއާއި ބްލޭކްގެ ކޯޅުމަށް ނިމުމެއް ނެތް، އަލުން ކޯޓަށް!
ސަރުކާރުގެ ކުންފުނިތަކުން ދެއްކި ހިއްސާގެ ފައިދާ %36 ދަށަށް
އެންޖެލީނާއާ ދެކޮޅަށް ކޯޓުގައި ބްރެޑްއަށް ބޮޑު މޮޅެއް!