ރާއްޖޭގައި އިންޑިއާގެ އިންސްޓެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ހިދުމަތް ދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އިންޑިޔާގެ ހާރިޖީ ވަޒީރު ޖަޔަޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރޭ ފޮރިން މިނިސްޓްރީގައި ބޭއްވި ހަފްލާގައި މި އެމްއޯޔޫގައި ވަނީ ސޮއިކޮށްފަ އެވެ.
އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީ އާއި އިންޑިއާގެ ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަންގެ ބައިނަލްއަގުވާމީ ވިޔަފާރިއާ ބެހޭ ކުންފުނި، އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓް ލިމިޓެޑްއާ އެކު އެވެ.
މިނިސްޓްރީން ބުނީ މި އެމްއޯޔޫއާ އެކު ޑިޖިޓަލް ޕޭމެންޓްތައް ހެދުމުގައި އިތުރަށް ފަސޭހަވެ، ރައްކާތެރި ނިޒާމެއް ގާއިމްކޮށް އަދި ބޭރުގެ ނެޓްވޯކްތަކާ ގުޅިގެން ފަސޭހަ އިން މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އީކޮމާސްގެ ނިޒާމުތައް އެދެވޭ ގޮތުގައި ބޭނުން ހިފުމަށް ރާއްޖޭގެ މާލީ އިދާރާތަކަށް ފޯރުކޮށްދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އިންޑިޔާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމަށް ވެސް ދިވެހި ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ.
10 މިނިސްޓަރުންގެ ކުއްލި އިސްތިއުފާއެކު ކުއްލި ހައިރާން ކަމެއް
ވަޒީރުންގެ އަދަދު ވަނީ 15 އަށް މަދުކޮށްފައި: ރައީސް އޮފީސް
އެމްޑީޕީގެ ރައްދު ބަޔާނަށް ހުރައަޅަން ޕީއެންސީ މެންބަރުން އުޅެފި