ޓެކްނޮލޮޖީއަކީ މިއަދު އަހަރުމެންގެ ދިރިއުޅުމުގެ މުހިއްމު ހިއްސާއަކަށް ވެއްޖެ އެވެ. އާއްމު ދިރިއުޅުމުން ދުވަހެއް ޓެކްނޮލޮޖީގެ ވަސީލަތެއް ބޭނުން ނުކޮށް ހޭދަކުރުމަކީ މިހާރު އުނދަގޫ ކަމެކެވެ.

ޓީވީއާއި ޓެބްލެޓު އަދި ފޯނުގެ ބޭނުންތެރިކަން ބޮޑުވެ ސްކްރީން ކުރިމަތީގައި ހޭދަކުރެވޭ ވަގުތު މިހާރު އިތުރުވެއްޖެ އެވެ. ޖިސްމާނީ އެއްވެސް ކަސްރަތެއް ނުލިބި ހޭދަވާ ދުވަސްތައް ގިނަވެއްޖެ އެވެ.

ސްކްރީން ވަގުތު ގިނަ ވުމަކީ އާއްމު ސިއްހަތަށް ގެއްލުންހުރި ކަމަކަށްވާއިރު އޭގެ ތެރެއިން ވެސް ބަރުދަން އިތުރުވުމަކީ އަހަރުމެން ސަމާލުކަން ދޭން ޖެހިފައިވާ ކަމެކެވެ.

އާއްމު މީހަކު ދުވާލުގެ 7 ގަޑިއިރު ސްކްރީން ދޮށުގައި ހޭދަކުރާ ކަމަށް ދިރާސާތަކުން ދައްކާއިރު މި ވަގުތަކީ ހަށިގަނޑަށް އެއްވެސް ކަސްރަތެއް ނުލިބި ދާ ވަގުތުތަކެކެވެ.

އެއާއެކު ސްކްރީން ބޭނުން ކުރަމުން ކެވޭ ސިއްހަތަށް ގެއްލުންހުރި "ޖަންކް ފުޑް"އަކީ ވެސް ބަރުދަން އިތުރުވުމަށް އެޅޭ އިތުރު ބާރެކެވެ.

މީގެ އިތުރުން ވެސް ސްކްރީން ތަކުގެ "ބްލޫ ލައިޓް"އަކީ ވެސް ބަރުދަން އިތުރު ކުރުމަށް މަގުފަހިވާ އައްޔެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.

އެހެން ކަމުން ޓެކްނޮލޮޖީ ބޭނުން ކުރުމުގައި އިތުރަށް ޒިންމާދާރުވެ ސްކްރީން ޓައިމް މަދުކުރުމަކީ ދުޅަހެޔޮ ސިއްހަތަކަށް ވަރަށް މުހިއްމު ކަމެކެވެ.