ނިއުޒީލެންޑްގެ ގެދޮރު ނެތް މީހުންނަށް ބޭއްވި ޗެރިޓީ އިވެންޓެއްގައި މަސްތުވާތަކެތި އެކުލެވޭ މެޓާތަކެއް އޮޅިގެން ބަހައިފި އެވެ. މެންޕެޓަމިން އެކުލެވޭ މި މެޓާތަކަކީ އެ ޗެރިޓީއަށް މީހަކު ޑޮނޭޓްކޮށްފައިވާ މެޓާތަކެކެވެ.

މި ހާދިސާއާ ގުޅިގެން ނިއުޒިލޭންޑް ޑްރަގް ފައުންޑޭޝަނުން ބުނި ގޮތުގައި ކޮންމެ މެޓައެއްގައި އާންމުކޮށް މީހަކު ނަގާ މެންޕެޓަމިންގެ ޑޯޒަށް ވުރެ 300 ގުނަ އިތުރަށް ހުރި ކަމަށާއި އެއީ ލީތަލް މިންވަރެއް ކަމަށެވެ.

އޮކްލޭންޑް ސިޓީ މިޝަން ނަމަކަށް ކިޔާ ޗެރިޓީއިން ބުނި ގޮތުގައި މެޓާތައް ހޯދުމަށް އިވެންޓުގައި ބައިވެރިވި 400 މީހުންނަށް ގުޅަމުން އަންނަ ކަމަށެވެ.

މި މެޓާތައް ކައިގެން ތިން މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލުން މައުލޫމާތު ދިނެވެ. ގިނަ މީހުން މަރުން ސަލާމަތްވެފައި ވަނީ މެޓާ ނުބައިކަމުން ނުކައި އެއްލާލުމުގެ ސަބަބުންނެވެ. މީގެ ތެރޭގައި ކުޑަކުއްޖެއް ވެސް ހިމެނެ އެވެ.

ކޮންމެ މެޓައެެއްގައި ހުރި މެތް މަގުމަތީ އަގު 473 ޕައުންޑް ހުންނާނެ ކަމަށާއި މި މެޓާތައް ޗެރިޓީއަށް ހަދިޔާ ކޮށްފައިވަނީ އޮޅިގެން ކަމަށް ކަމަށް ބެލެވޭ ނިއުޒިލެންޑުގެ ޑްރަގް ފައުންޑޭޝަންއިން ވަނީ ބުނެފަ އެވެ.

މެންފެޓަމިންއަކީ ސެންޓްރަލް ނާވަސް ސިސްޓަމަށް އަސަރުކުރާ ވަރަށް އެޑިކްޓް ސްޓިމިއުލެންޓެކެވެ. މި މެޓާތައް ބަންދުކޮށްފައި ވަނީ މެލޭޝިޔާގެ ރިންޑާ ބްރޭންޑް މެޓާގެ ކަވަރު ބޭނުންކޮށްގެންނެވެ.