އަންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނު އިދިކޮޅު ޕީޕީއެމް ޕީއެންސީން އަންނަ އަލުން ފެށުމަށް ހޮނިހިރު ދުވަހުގެ ރޭގައި ޚާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބުނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 9.00 ގައި އެ ޖަލްސާ ބާއްވާނީ ވާޗުއަލްކޮށް ކަމަށެވެ. އަދި އެ ކޯލިޝަނުން ކައުންސިލު އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުންނަށް ބައިވެރިވެވޭ ގޮތަށް ޕީޕީއެމް އޮފީހުގައެވެ. އެ ޖަލްސާ ކުރިއަށް ގެންދާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ.

ޕީޕީއެމް ކެމްޕޭން މެނޭޖަރު މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ މި ޖަލްސާގައި އެ ކޯލިޝަނުން ވަރަށް ގިނަ މުހިއްމު މައުލޫމާތު މެމްބަރުންނާ ހިއްސާކުރާނެ ކަމަށެވެ. އަދި އެ ކޯލިޝަނުން ކެމްޕޭނުގަިއ ބޭނުންކުރާ ޝިއާރުތައް އިފުތިތާހުކުރުން އެ ޖަލްސާގައި އޮންނާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ އިންތިހާބުގެ ކެމްޕޭނަށް އިދިކޮޅު ކޯލިޝަނަށް ފުރުސަތު ނުދިން ނަމަވެސް، އެމްޑީޕީން އެޗްޕީއޭގެ އުސޫލުތަކާ ޚިލާފަށް ރަށަރަށް ގޮސް ކެމްޕޭން ކުރާ ކަމަށް މުޢާޒު ވިދާޅުވި އެވެ.