ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާއަކީ އޭނާގެ މިއުޒިކްއާއި ފެޝަން ސްޓައިލްގެ ސަބަބުން ވެސް އާއްމުންގެ ސަމާލުކަން ހޯދާ ފަންނާނެކެވެ.

އެގޮތުން މިފަހަރު ބެލުންތެރިންގެ ސަމާލުކަމަށް އައިސްފައިވަނީ އޭނާގެ އިސްތަށިގަނޑަށް ގެނެސްފައިވާ ބަދަލެވެ. ބްލޮންޑް އިސްތަށިގަނޑެއްގެ ވެރި ލޭޑީ ގާގާ އެންމެ ފަހުން އާއްމުކޮށް ފެނުނުއިރު އޭނާގެ އިސްތަށިގަނޑު އެއްކޮށް ހުރީ ކަޅުކޮށްފަ އެވެ.

މިދިޔަ ބުދަ ދުވަހު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކެއްގައި އޭނާގެ އިސްތަށިގަނޑު ކަޅުކޮށް ހުރިއިރު ބުމަ އަދިވެސް ހުރީ ބްލޮންޑް ކުލައިގަ އެވެ.

https://www.instagram.com/p/C-ra7zgOh34/?utm_source=ig_embed&ig_rid=3c97583d-ed12-4676-bfff-b95373eb3c3c

ގާގާގެ އިސްތަށިގަނޑަށް ގެނައި ބަދަލާއެކު ގިނަ ބަޔަކު އަންނަނީ އެކަމަށް ކޮމެންޓް ކުރަމުންނެވެ. އެއް ބަޔަކު ގާގާއަށް ފުރައްސާރަ ކުރަމުން އަންނައިރު އަނެއްބަޔަކު އޭނާއަށް ތައުރީފު ވެސް ކުރެ އެވެ.

ގާގާ އެންމެ ފަހުން އާއްމުކޮށް ހުށައަޅައިދީފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިން އޮތް ޕެރިސް އޮލިމްޕިކްސް 2024 ފެށުމުގެ ހަފްލާގަ އެވެ.

ކުރިއަށް ހުރި ގާގާގެ މަސައްކަތްތަކަށް ބަލާއިރު އޭނާއާއި ބްރޫނޯ މާސް ގުޅިގެން އުފެއްދި ލަވަ "ޑައި ވިތު އަ ސްމައިލް" ރިލީޒްކުރަން މިހާރު ވަނީ ތައްޔާރުވެފަ އެވެ.