ނިމިގެންދިޔަ އޮލިމްޕިކްސްގެ ތެރެއިން އެންމެ ހޫނުވި އެއް މައްސަލައަކީ އަލްޖީރިއާގެ ބޮކްސިން ކުޅުންތެރިޔާ އިމާން ޚަލިފްގެ ޖިންސު ދެނެގަތުމުގެ މައްސަލަ އެވެ.

އިމާން ވާދަކުރީ ބޮކްސިންގްގެ އަންހެން ކެޓަގަރީގައި ނަމަވެސް އޭނާގެ ހަށިގަނޑުގައި ފިރިހެން ކްރޮމޮސޯމްސް ގިނަވުމުން އަންހެން ކެޓަގަރީގައި ވާދަކުރަން އޭނާ ޝަރުތު ހަމަނުވާ ކަމަށް ގިނަ ބަޔަކު އައީ ބުނަމުންނެވެ.

އެހެން ނަމަވެސް ކުރިމަތިވި ފުރައްސާރައާއެކު ވެސް އިމާން ވަނީ އެ ކެޓަގަރީގައި ވާދަކޮށް އަލްޖީރިއާއަށް ރަން މެޑަލްއެއް ހޯދައިދީފަ އެވެ.

އޮލިމްޕިކްސް ނިމުމަށްފަހު ވެސް އިމާންއަށް މީޑިއާއާއި އާއްމުންގެ ސަމާލުކަން ދަނީ ލިބެމުންނެވެ. އެގޮތުން އެންމެ ފަހުން އާއްމުވި އިމާންގެ ވީޑިއޯ މިހާރު ވަނީ ވައިރަލްވެފަ އެވެ.

https://www.instagram.com/beauty.code.officiel/reel/C-qGrnDOkf4/

އޮލިމްޕިކްސްގެ ތެރެއިން ކޮންމެވެސް ވަރަކަށް ފިރިހެން ވަންތަކޮށް ފެނުނު އިމާން އެ ވީޑިއޯގައި މާޖެހި ހެދުމަކާއެކު މޭކަޕް އަދި ގަހަނާ އަޅައިގެން އިމާން ހުރިއިރު އޭނާގެ އަންހެންވަންތަކަން ފާޅުވެ އެވެ.

ބިއުޓީ ކޯޑްއާ ގުޅިގެން އިމާން އާއްމުކުރި އެ ވީޑިއޯއަކީ ފާޑުކިޔާ މީހުންނަށް އޭނާ ދިން ވަރުގަދަ ޖަވާބެއްގެ ގޮތުގައި ސިފަކޮށް އެއްބަޔަކު އޭނާގެ ރީތިކަމަށް ތައުރީފް ކުރަމުން އަންނައިރު އަނެއްބަޔަކު ބުނަނީ އިމާން އަންނަނީ އޭނާއަކީ ފިރިހެނެއް ނޫންކަން ދައްކަން ވަރަށް ގަދައަށް މަސައްކަތް ކުރަމުން ކަމަށެވެ.

މި މައްސަލާގައި އިމާންއަށް ކުރިމަތިވި އޮންލައިން ފުރައްސާރައާ ދެކޮޅަށް އޭނާ ވަނީ ކޯޓަށް މައްސަލަ ވެސް ހުށައަޅާފަ އެވެ. އެ މައްސަލާގައި މަހުޖަން އިލަން މަސްކްއާއި ލިޔުންތެރިޔާ ޖޭކޭ ރޯލިން ވެސް ހިމެެނެ އެވެ.