މި ފަހަރު ހުރިހާގެ ދިހަ ސުވާލު މި އޮތީ ހިތްގައިމު ލަވަކިޔުންތެރިޔާ ޔާނީ މުއާދަށެވެ.

1. މިއުޒިކްގެ ތެރެއަށް ވަނީ ކޮން އިރަކު؟

ޖަވާބު: މިއުޒިން ފެމެލީއަަކަށް އުފަންވީ. ސޯ އެވާ ސިންސް މިއުޒިކްގެ ތެރޭގަ މި އުޅެނީ.

2. އަބަދުވެސް ސޯލޯކޮށްތަ ލަވަ ކިޔަނީ؟

ޖަވާބު: ގިގް ކުރާއިރު ގިނައިން ސޯލޯ އެކަމު ޑުއޯކޮށް ވެސް ބޭންޑްްސް އާ އެއްކޮށް ވެސް ކުޅެން.

https://www.instagram.com/reel/CryJfn5pM7J/?igsh=MWZsNWNqM2c5ZnZobQ==

3. ގިޓާގެ އިތުރުން އެހެން އިންސްޓްރުމެންޓެއް ކުޅެންތަ؟

ޖަވާބު: އަަސްލު ޔާނީއަކީ ޑްރަމާއެއް. އެންމެ ކުޑަ އިރުއްސުރެ ވެސް އޮރިޖިނަލް އިންސްޓްރޫމެންޓަކީ ޑްރަމްސް ތިން އަހަރުއް ސުރެއް ވެސް. ގިޓާ ކުޅެފަ ލަވަ ކިޔަން ފެށީ މީގެ 6 ވަރަކަށް އަހަރު ކުރިން.

4. އެއްކޮޮށް ލަވަ ކިޔާލަން ބޭނުންވާ މީހަކު އެބަހުރިތަ؟

ޖަވާބު: އަމިއްލަ ޝޯ އެއްގަ ބައްޕަ އާ އެއްކޮށް ލަވައެއް ވަރަށް ކިޔާލާ ހިތްވޭ.

5. ޕާފޯމްކުރި އެންމެ މެމޮރަބަލް އިވެންޓަކީ ކޮބާ؟

ޖަވާބު: ކޮރާލިއަމް ބޭންޑް އާ އެކީ ކުޅުނު އެންމެ ފުރަތަމަ އަދި ހަމައެކަނި ޝޯ. ( ނޯއިސް ޝޯ) އެއީ އެންމެ ހިތްހަމަ ޖެހޭ އެއް ޝޯ.

6. ޔާނީގެ އަމިއްލަ ލަވަތަކާ ބެހޭ ގޮތުން ބުނެލަން އޮތީ ކީކޭ؟

ޖަވާބު: ޔާނީގެ ލަވަ ތަކަކީ ވަރަށް ޑީޕް އަދި އިންޓިމޭޓް ލަވަތަކެކޭ. އަދި ނެރެފަ އިންނާނީ ހަމައެކަނި ދެލަވަ. އެއީ " ބީނުވަނީސް" އަދި " ޚިޔާލެއް "

7. އަބަދުވެސް އެންމެ ކިޔާ ހިތްވާ ލަވައަކީ ކޮބާ؟

ޖަވާބު: ޔާރާ ހުވަފެން- ކޭޖޭ. އެއީ ޔާނީއަށް އެންމެ ރީތި އެއް ދިވެހި ލަވަ.

https://youtu.be/G7fazbqUGac?si=KOX0SnpDN6ldDBsb

8. ޔާނީ ވަރަށް ލުކް އަފް ކުރާ މިއުޒިޝަންއެއް އެބަ ހުރިތަ؟

ޖަވާބު: ޖޯން މާޔާ އެއީ ވަރަށް ލުކް އަޕް ކުރާ އާޓިސްޓެއް އަބަދުވެސް.

9. މިއުޒިޝަންއެއްގެ ގޮތުގައި ރީޗްކުރަން ބޭނުންވާ ލެވެލްއަކީ ކޮބާ؟

ޖަވާބު: ވޯލްޑް ޓުއާއެއް ކުރަން އެންމެ ބޭނުމީ. މިއުޒިކް ކުޅެގެން ރަނގަޅު ކެރިއާއެއް ބިލްޑްކުރަން.

https://youtu.be/XJqD9fTHRvY?si=LQCNKE9WLWcq8C0D

10. ޔާނީގެ ފޭންސްއަށް ބުނެލަން އޮތީ ކީކޭ؟

ޖަވާބު: ވަރަށް ދުވަސްވެއްޖެ ޝޯޝަލް މީޑިއާއާ ދުރުކޮށް އުޅޭތާ. އެކަމަކު ވަރަށް ބައިވަރު ޕްލޭންސް އާ ސަޕްރައިޒަސް އެބަހުރި. ޔާނީގެ ފުރަތަމަ އަލްބަމް ނުކުންނާނެ ވަރަށް އަވަހަށް. އަދި ޝޯ އެއްވެސް އޮންނާނެ.