ގއ. ކޮލަމާފުށީ ބަޔަކު ދެ ކިލޯގެ މާވަހަރު މިއަދު ހޮވައިފި އެވެ.
ކޮލަމާފުށި ކައުންސިލް މެމްބަރަކު ވިދާޅުވީ އެ މާވަހަރު ހޮވީ ރަށުގެ ފުށްޓަރު ފަރާތުން ކަމަށެވެ. އެއީ މާވަހަރެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި އެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ އަސްލު މާވަހަރެއްތޯ ބެލުމުގެ މަސައްކަތް ކުރަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
މީގެކުރިން ވެސް ރާއްޖޭގެ އެކި ރަށްރަށުން މާވަހަރު ހޮވާފައިވެ އެވެ. އެ މާވަހަރުތައް ރާއްޖެއިން ބޭރަށް ބޮޑު އަގުގައި ވަނީ ވިއްކާފަ އެވެ.
ކޮލަމާފުށިން މާވަހަރު ހޮވި މީހުންގެ ބަހެއް އަދި މިކަމާ ގުޅޭގޮތުން ނުލިބެ އެވެ.

ފްލައިޓެއް ތެރޭ ހަމަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރު ކޮށްފި
ދިރާގުޕޭގެ އީދު ހަދިޔާ: 1 ރުފިޔާއަށް އައިސްކްރީމް!
އެމްޑީޕީގެ ކެންޑިޑޭޓް ސިބާއަށް އަނިޔާވީ އެކްސިޑެންޓެއްގެ ސަބަބުން
