މާލެއިން 124 ކޭސްއާ އެކު މިއަދު ޖުމްލަ 136 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އަތޮޅުތެރެއިން އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެ އެވެ. މާލޭގެ އިތުރުން ދެން މިއަދު ޕޮޒިޓިވްވް ކޭސްތައް ފެނުނީ ރިސޯޓްތަކުނާއި ސަފާރީތަކުންނެވެ. އެގޮތުން ރިސޯޓްތަކުން ޖުމްލަ 10 މީހަކު އަދި ސަފާރީއަކުން ދެ މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއަދުގެ 136 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 20،280 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،615 ގައި މިހާރު ހުރިއިރު 17،595 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ދެ މީހަކަށް ފަރުވާ އަންނަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް މި ބަލީގައި 63 މީހަކު ވަނީ މަރުވެފަ އެވެ.