ގދ. ގައްދޫގައި ބުޅާ މަރާ މައްސަލަ ބޮޑުވެ އެކަން ނުކުރުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

ބުޅާ މެރުމަކީ މާތްﷲ ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށް ދީނީއިލްމުވެރިން އަންނަނީ ވިދާޅުވަމުންނެވެ.

ގައްދޫގައި ބުޅާ މަރަމުން އަންނަނީ ބޭސް ބޭނުންކޮށްގެން ކަމަށް ވަނީ ފާހަގަވެފަ އެވެ. މިކަމާ ގުޅިގެން ގައްދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ރަށުގެ އެކި ސަރަހައްދުތަކުން މަރުވެފައިވާ ބުޅަލާއި ކާޅުތައް ފެނިފައިވާ ކަމަށެވެ.

އެގޮތަށް ބުޅާ އެކި ތަންތަނުގައި މަރުވެފައި ތިބުމުގެ ސަބަބުން އާންމުންނަށް އޭގެ އުނދަގޫވެ އެކަމުގެ ޝަކުވާ ކައުންސިލަށް ލިބގެމުން އަންނަ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

މިއީ ވިއްސާރަ މޫސުމަކަށްވާއިރު އެކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ކަމަށް ބެލެވެ ކަމަށް ވެސް ގައްދޫ ކައުންސިލުން ބުންޏެވެ.

މި ހަފްތާގެ ތެރޭގައި ވަނީ ބުޅާމަހުން ކާތަކެތި ތައްޔާރުކޮށް މާލޭގައި ވިއްކަމުން ދިޔަ ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ.