މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މާޓިން ބްރެތުވެއިޓް ޖެހި ލަނޑާއެކު، ސްޕެނިޝް ކޮޕަ ޑެލްރޭގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ސެވިއްޔާ އަތުން 3-0 އިން މޮޅުވެ، ބާސެލޯނާ މުބާރާތުގެ ފައިނަކަށް ދަތުރުކޮށްފި އެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން އެ ޓީމު 2-0 އިން މޮޅުވި ނަމަވެސް، ބްރެތުވެއިޓް ޖެހި ލަނޑާއެކު ބާސާ އެގްރިގޭޓުން ކުރި ހޯދީ 3-2 އިންނެވެ.

މެޗުގެ 12 ވަނަ މިނިޓުގައި ބާސާ އަށް ލީޑު ހޯދައިދިނީ އުސްމާނޭ ޑެމްބޭލޭ އެވެ. މެޗުގެ އިތުރު ވަގުތުގައި ބާސާގެ ދެވަނަ ލަނޑު ޖެހީ ޖެރާޑް ޕީކޭ އެވެ. މި ލަނޑު ޖެހުމުގެ ކުޑަ އިރުކޮޅެއް ކުރިން، ސެވިއްޔާގެ ފެނާންޑޯ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.

އެގްރިގޭޓް ނަތީޖާ އެއްވަރުވުމާއެކު ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ބްރެތުވެއިޓް ލަނޑު ޖެހީ ޑައިވިން ހެޑާއަކުންނެވެ.

މުބާރާތުގެ ފައިނަލްގައި ބާސާއާ ދެކޮޅަށް ނުކުންނާނީ ލެވާންޓޭ ނުވަތަ އެތުލެޓިކް ބިލްބާއޯ އެވެ. – ބީބީސީ