ސިނަމާލެ ބްރިޖު ލައިޓު ކައިރީ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ މިއަދު 5:26 ހާއިރު ކަމަށެވެ. އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން21 އަހަރުގެ ފިރިހެން މީހާ އާއި އޭނާގެ ފަހަތުގައި އިން 19 އަހަރުގެ އަންހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށާއި އަނެއް ސައިކަލުގައި އިން 43 އަހަރުގެ ފިރިހެން މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ދިރާގުން ދޭ ފަހު ބޯޓު ހޯދުމުގެ ފުރުސަތައް ބާކީ 7 ދުވަސް
އައިޝްވާރްޔާއާ ދިމާއަށް "ޕްލާސްޓިކް"އޭ ބުނުމުން ވީ ކިހިނެއް؟