އިނގިރޭސިވިލާތުގައި ފުއްޕާމޭގެ ކެންސަރަށް ހާއްސަ ވެކްސިނެއް ފުރަތަމަ ފަހަރަށް ބޭނުންކޮށްފި އެވެ.

"ބީއެންޓީ 116" ގެ ނަން ދީފައިވާ މި ވެކްސިނަކީ އެމްއާރްއެންއޭ ވެކްސިނެކެވެ. ކޮވިޑް-19 ވެކްސިނަކީ ވެސް އެމްއާރްއެންއޭ ވެކްސިނެކެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި މި ވެކްސިނަކީ ކީމޯތެރަޕީއަށް ވުރެ ޓާގެޓް ރަނގަޅު ވެކްސިނެކެވެ. މި ވެކްސިނުން ހަށިގަނޑުގެ ސިއްހަތު ރަނގަޅު ސެލްތަކަށް އަސަރު ނުކުރާނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ. އެއާ ޚިލާފަށް ކީމޯތެރަޕީއަކީ ސައިޑް އެފެކްޓްތައް ގިނަ ސިއްހަތު ރަނގަޅު ސެލްތަކަށް ވެސް އޭގެ އަސަރުކުރާ ޓްރީޓްމެންޓެކެވެ.

މި ވެކްސިން ޖަހާ ފައިވަނީ ޕުއްޕާމޭގެ ކެންސަރު ޖެހިފައިވާ އުމުރުން 67 އަހަރުގެ ފިރިހެނެކެވެ. ޖަނޫސް ރާޒް ބުނި ގޮތުގައި އޭނާގެ ގަޔަށް ޖުމްލަ ހަ ވެކްސިން ވަނީ މިހާތަނަށް ޖަހާފަ އެވެ. އަދި މިއިން ކޮންމެ ވެކްސިނަކީ ޓިއުމަރުގެ ވަކި ހިސާބަކަށް ޓާގެޓްކޮށް ޖަހާފައިވާ ވެކްސިންތަކެވެ.

ޖަނޫސް ބުނި ގޮތުގައި އޭނާއަށް ކީމޯތެރަޕީއަށް ވުރެ ވެކްސިން މާ ރަނގަޅުކަމަށެވެ.

"ވެކްސިން އިން އެއްވެސް ތަދެއް ނުވޭ. ކީމޯތެރަޕީ ޖެހީމަ މާ އުނދަގޫ،" އޭނާ ބުންޏެވެ.

އިނގިރޭސިވިލާތުގެ ހަ ހޮސްޕިޓަލެއްގައި 130 މީހުންނަށް މި ވެކްސިން ދިނުމަށް މިހާރު ވަނީ ހަމަޖެހިފަ އެވެ. އެއީ މުޅިން ވެސް ނޮން-ސްމޯލް ސެލް ޕުއްޕާމޭގެ ކެންސަރު ޖެހިފައިވާ މީހުންނެވެ.