ކޮވިޑް ޖެހިގެން ރާއްޖެއިން 64 ވަނަ މީހަކު މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން މިއަދު މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި އެ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ދިވެހި ފިރިހެނެކެވެ.

މި ބަލީގައި އިއްޔެ ވެސް ވަނީ މީހަކު މަރުވެފަ އެވެ. އެއީ ހަބަރު ހުސްވެގެން އައިޖީއެމްއެޗަށް ގެންދިޔަ 67 އަހަރުގެ ދިވެހި ފިރހެނެކެވެ.

މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 20،000 އަށް ވުރެ މައްޗަށް އަރާފަ އެވެ. އޭގެތެރެއިން ގިނަ ބަޔަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާރު މި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 2،615 މީހެކެވެ. އޭގެތެއިން 187 މީހުން ތިބީ ހޮސްޕިޓަލްތަކުގަ އެވެ.