ޗައިނާ އިން ރާއްޖެއަށް އިތުރު 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމައިފި އެވެ.
ޗައިނާގެ ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. ޗައިނާއިން ރާއްޖެއަށް އިތުރު 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާކަން މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވައި ޗައިނާ ސަފީރު ވަނީ ދަންނަވާފަ އެވެ.
ޗައިނާއިން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިނެވެ.
މިހާރު ރާއްޖޭގައި ޖަހަމުން އަންނަނީ އަވަށްޓެރި އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިންގެ 200،000 ޑޯޒް އެ ގައުމުން ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފަ އެވެ.
ޗައިނާ އިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިންގެ 5،000 ޑޯޒް ހެޔޮ އެދޭ ފަރާތަކުން ދާދިފަހުން ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފަ އެވެ.
ޑެންގީ ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވެއްޖެ: އެޗްޕީއޭ
އެސްޖީކަމުގެ ދައުރު ނިމުމުން ރައީސް ނަޝީދު އެނބުރި ރާއްޖެ އަށް
ހަނގުރާމައިގެ ތެރޭގައި ވެސް ވޯލްޑް ކަޕްގައި އީރާން ކުޅޭނެ: ފީފާ
