މިއަދު 167 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، 7،712 މީހަކު މިއަދު ވެކްސިން ޖަހައިފި އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު މާލެ ސަރަހައްދުން 135، އަތޮޅުތެރެއިން 17 މީހަކު، ރިސޯޓްތަކުން ޖުމްލަ 15 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއަދުގެ 186 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 20،447 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،664 ގައި މިހާރު ހުރިއިރު 17،712 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިހާތަނަށް މި ބަލީގައި 64 މީހަކު ވަނީ މަރުވެފަ އެވެ.

މިއަދު ވެކްސިން ޖެހި 7،712 މީހުންގެ ތެރެއިން 3،568 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. މިއަދު އަތޮޅުތަކުން ވެކްސިން ޖެހީ 4،144 މީހުންނެވެ.

މިހާތަނަށް މުޅި ރާއްޖެއިން 137،124 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ. އޭގެތެރެއިން 84،891 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. ބާކީ 52،233 މީހުންނަކީ އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންނެވެ.