މިހާތަނަށް މުޅި ދުނިޔެއިން ވެސް ފެނިފައިވާ ދެވަނައަށް އެންމެ ބޮޑު ޖަވާހިރު އެފްރިކާގެ ދެކުނުގެ ގައުމެއް ކަމަށްވާ ބޮޓްސްވާނާއިން ފެނިއްޖެ އެވެ.

މިކަން އިއުލާން ކޮށްފައިވަނީ އެ ޖަވާހިރު ހޯދަން ބޮޓްސްވާނާގައި މަސައްކަތްކުރި ކެނެޑާގެ މައިނިން ކުންފުނި ލުކާރާ ޑައިމަންޑްސް އިންނެވެ.

އެ ކުންފުނިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ޖަވާހިރު ފެނުނީ ބޮޓްސްވާނާގެ އިރު އުތުރުގައިވާ ކަރޯވޭ ޑައިމަންޑް މައިން ކޮނުމުގެ ތެރޭގައި ކަމަށެވެ.

ޖުމްލަ 2،492 ކެރެޓްގެ އެ ބޮޑު ޖަވާހިރުގެ އަގު އެ ކުންފުނިން ހާމަކޮށްފައި ނުވާއިރު އޭގެ އަގު އެތައް ބިލިއަން ޑޮލަރަކަށް އަރާނެ ކަމަށް ބެލެވެ އެވެ.

މިއީ 1905 ވަނަ އަހަރު ދެކުނު އެފްރިކާއިން ފެނިފައިވާ 3105 ކެރެޓުގެ ޖަވާހިރު ފެނުނު ފަހުން މިހާތަނަށް ހޯދި އެންމެ ބޮޑު ޖަވާހިރެވެ.

ބޮޓްސްވާނާއަކީ މުޅި ދުނިޔޭގައި ވެސް ޖަވާހިރު އެންމެ ގިނައިން ފެންނަ އެއްގައުމަށް ވާއިރު ކުރިއަށް އޮތް ތަނުގައި ވެސް ގިނަ ޖަވާހިރުތަކެއް ފެންނާނެ ކަމަށް ބެލެވެ އެވެ.