ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މަލިކް ވަރަށް އަވަހަށް މިއުޒިކް ޓުއާއެއް ފަށަން އުޅޭ ކަމަށް މީޑިއާގައި ހަބަރުތައް ފެތުރިއްޖެ އެވެ.
މި އަޑުތައް އަރާފައި މިވަނީ ޒޭން އޭނާގެ އެކްސް އެކައުންޓްގައި ވަރަށް އަވަހަށް "ބޮޑު އިއުލާނެއް" ކުރާނެ ކަމަށް ބުނެ ޕޯސްޓެއް ކުރުމުންނެވެ.
"އަހަރެންގެ މިއުޒިކް ކެރިއަރުގައި ޝައުގުވެރި އެތައް ކަމެއް ކުރިއަށް އެބަހުރި، ވަރަށް އަވަހަށް ބޮޑު އިއުލާނެއް ވެސް ކުރާނަން،" ޒޭން ބުނެފައިވެ އެވެ.
ޒޭންގެ އެ ޕޯސްޓާއެކު އޭނާގެ ބޮޑު އިއުލާނަކީ ވަރަށް އަވަހަށް ވޯލްޑް ޓުއާއެއް ފަށަން އުޅޭ ކަމުގެ ހަބަރުތައް ކަމަށް ގިނަ ބަޔަކު ބުނަން ފެށި އެވެ. އޭގެ ފަހުން 2015 ވަނަ އަހަރު މަޝްހޫރު ބޭންޑް ވަން ޑައިރެކްޝަންއިން ވަކިވެ ސޯލޯ ކެރިއަރެއް ފެށި ޒޭންގެ މިއުޒިކް ޓުއާއެއް އޭގެ ފަހުން ބާއްވާފައެއް ނުވެ އެވެ.
އެހެން ނަމަވެސް ފަސް އަހަރު ވަން ޑައިރެކްޝަންގައި އުޅުމަށްފަހު އެ ބޭންޑުން ވަކިވެ ޒޭން ވަނީ އޭނާގެ އަމިއްލަ ގިނަ އަލްބަމްތަކެއް ނެރެފަ އެވެ.
ކާމިޔާބީގެ ސިއްރު: ވަގުތު "މެނޭޖް" ކުރަން ދަސްކުރުން!
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު އައްޔަންކޮށްފި
އެނީމިއާ: ސަބަބަކީ ހަމައެކަނި ދަގަނޑުގެ ބައި މަދުވުމެއް ނޫން!