މިއުޒިކީ މަސައްކަތްތަކުން "ވަރަށް ދިގު ބްރޭކެއް" ނަގަން ގަސްދު ކުރާކަމަށް މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެޑޭލް އިއުލާން ކޮށްފި އެވެ.

ޓިކްޓޮކްގައި އާއްމުކުރި ވީޑިއޯއެއްގައި އެޑޭލް ބުނީ ކުރިއަށް އޮތް އޭނާގެ ލަސް ވޭގަސް ޝޯތަކަށްފަހު މިއުޒިކުން ގިނަ ދުވަސްތަކަކަށް ދުރަށް ދާނެ ކަމަށެވެ.

"ބާކީ އޮތީ 10 ޝޯ. އެއަށްފަހު ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އަހަރެން ނުފެނިދާނެ. މި ދުވަސްތަކުގައި އެންމެންގެ މަތިން ވަރަށް ހަނދާންވާނެ،" އެޑޭލް ބުނެފައިވެ އެވެ.

https://www.tiktok.com/@popculturespotlight/video/7409403305576647968?referer_url=hollywoodlife.com%2F2024%2F09%2F02%2Fadele-announces-incredibly-long-hiatus-after-las-vegas-residency-ends%2F&refer=embed&embed_source=121374463%2C121451205%2C121439635%2C121433650%2C121404359%2C121351166%2C121331973%2C120811592%2C120810756%3Bnull%3Bembed_blank&referer_video_id=7409403305576647968

މީގެ ދެތިން މަސް ކުރިން ވެސް އެޑޭލްވަނީ މިއުޒިކުން ދުރަސް ގޮސް އިތުރު ކަންތައްތަކެއް ކުރަން ބޭނުންވާ ކަމުގެ އިޝާރާތެއް ދީފަ އެވެ.

އެޑޭލްގެ ލަސް ވޭގަސް ޝޯތައް މި އަހަރު މާޗް މަހު ފަށަން ހަމަޖެހިފައި އޮތް ނަމަވެސް އެކި ސަބަބުތަކާހުރެ ޝޯތައް ފަސްވެ މިހާރު އެ ޝޯތައް ފަށަން އޮތީ އަންނަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

މިއީ އެޑޭލް މިއުޒިކުން ދުރަށްދާ ފުރަތަމަ ފަހަރު ނޫންކަން ފާހަގަ ކޮށްލެވެ އެވެ. މީގެ ކުރިން ވެސް އޭނާ ވަނީ އޭނާގެ އަލްބަމްތަކުގެ ދެމެދުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ.

މިއުޒިކްގެ ދާއިރާއިން ގިނަ ދުވަސްތަކަކަށް ގެއްލޭނެކަން އެޑޭލް އިއުލާން ކޮށްފައި މިވަނީ ދާދި ފަހުން އޭނާގެ ބައިވެރިޔާ ރިޗް ޕައުލްއާ އެންގޭޖްވެފައިވާ ދަނޑިވަޅެއްގަ އެވެ.