މިއަދު 118 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، 1،703 މީހަކު މިއަދު ވެކްސިން ޖަހައިފި އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު މާލެ ސަރަހައްދުން 95، އަތޮޅުތެރެއިން 4 މީހަކު، ރިސޯޓްތަކުން ޖުމްލަ 19 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއަދުގެ 118 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 20،565 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،658 ގައި މިހާރު ހުރިއިރު 17،836 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިހާތަނަށް މި ބަލީގައި 64 މީހަކު ވަނީ މަރުވެފަ އެވެ.

މިއަދަކީ ހުކުރު ދުވަސްވުމާއެކު ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށް ގެންދިޔައީ އަތޮޅުތެރޭގައި އެކަންޏެވެ.