ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލްގެ ލަގްޒަރީ ލައިފްސްޓައިލް ބްރޭންޑަށް ތަރުހީބު ކުޑަވުމުން އޭނާ ކަންބޮޑުވެއްޖެ ކަމަށް ޝާހީ އެކްސްޕާޓުން ރިޕޯޓްކޮށްފި އެވެ.

ގޭތެރޭގައި ބޭނުންކުރާ އެކި އެކި ސާމާނު އެކުލެވޭ "ރިވެރިއާ އޮޗާޑް"ގެ ނަމުން ނަންދީފައިވާ މި ލަގްޒަރީ ބްރޭންޑްގެ ފުރަތަމަ ޕްރޮޑަކްޓް ގިނަ މީހުންނަށް ކަމުނުދިޔަ އެވެ. ބްރޭންޑް ލޯންޗް ކުރުމަށް ރިލީޒްކުރި ޖޭމުގެ މާ ހާއްސަ ސިފަތަކެއް ނެތްއިރު އަގު މާބޮޑު ކަމަށް ގިނަ މީހުން ވަނީ ފާޑުކިޔާފަ އެވެ.

ޝާހީ އެކްޕާޓް ޓޮމް ކުއިން ބުނިގޮތުގައި ތަރުހީބު ކުޑަވުމުގެ ސަބަބުން މޭގަން ހުރީ ވަރަށް ބޮޑަށް ހިތުގައި ޖެހި ރޮއިފައި ކަމަށެެވެ. އަދި އޭނާކުރާ ކޮންމެ މަސައްކަތެއް ވެސް މީހުން ބަލައިނުގަންނާނެ ކަމަށް ހީކުރާ ކަމަށް ވަނީ ބުނެފަ އެވެ.

މި ބްރޭންޑްގެ ފުލް ލޯންޗިން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަަހަރު ފަހުކޮޅު އެވެ.

"ރިވެރިއާ އޮޗާޑް" އަކީ މޭގަން މާކަލް އާއި ޕްރިންސް ހެރީ މި ވަގުތު މަސައްކަތް ކުރަމުން އަންނަ އެއް ޕްރޮޖެކްޓެވެ. އިތުރު ޕްރޮޖެކްޓްތަކުގައި ވެސް ދެމަފިރިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ނެޓްފްލިކް ޑޮކިއުމެންޓްރީއަކާއި ޕޮޑްކާސްޓް މަސައްކަތް ހިމެނެ އެވެ.