މާލޭ ގެއަކުން ކަރަންޓު ސާމާނުތަކެއް ވަގަށް ނެގި ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ ހަވީރު 4:05 ހާއިރު މާލޭގެ ގެއެއްގެ ތެރޭގައި ހުރި މީހެއްގެ އަތުން ވަގަށް ނެގި އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުނު މައްސަލާގައި ތުހުމަތުވާ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އިސްމާއިލް ވިޝާލް، 30، މ. ދާރުލްގަރާރު އާއި ހުސެން ޝާއިފް، 32، ވިދުވަރު/ބ. ދަރަވަންދޫ އެވެ.
އެ މީހުން ވަގަށް ނެގި ތަކެތީގެ ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ. ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މާލެ ސަރަހައްދުގައި ވައްކަމާއި ފޭރުމުގެ މައްސަލަ ވަރަށް ބޮޑެވެ. ދާދިފަހުން ވަނީ މަރާމާތަށް ބަންދުކޮށްފައިވާ އީދު މިސްކިތުގެ ބޮކިތަކާއި ކަރަންޓް ނަރުތައް ދެފަހަރެއްގެ މަތިން ވަގަށް ނަގައިފަ އެވެ.
ބީއެމްއެލް އިން ސްޕޯޓްސް ސްކޮލާޝިޕްގެ ފުރުސަތު ދެނީ
ދެން އޮސްކާ އެވޯޑްސް ޔޫޓިއުބުން ބަލާލެވޭނެ!
ޑްރަގާއި އެކު 4 މީހުން ހައްޔަރުކޮށްފި