ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީ ހިންނާ ހާލިދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެނގިފައިވާ ގޮތުގައި ހިންނާ މަގާމުން އިސްތިއުފާ ދެއްވީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވުމަށް ފަހު އެވެ.
ސިވިލްސާވިސް ކޮމިޝަނުން އެ މަގާމަށް ފަސް އަހަރުގެ މުއްދަތަށް ހިންނާ އައްޔަނު ކުރެއްވީ މި އަހަރުގެ ޖޫން 6 ގަ އެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރެއްވީ އެ މަގާމު ފުރުއްވަމުން ގެންދެވި އަބްދުލްރަހުމާން ސަލާހު ރަޝީދު ޖެނުއަރީގައި އިސްތިއުފާ ދެއްވުމުންނެވެ.
ހިނގުމުގެ ދާއިރާއިން އެކި އިދާރާތަކުގައި މަސައްކަތް ކުރައްވާފައިވާ ހިންނާ ކުރިން ވެސް ހޯމް މިނިސްޓްރީގެ ޕީއެސްގެ މަގާމުން ފުރުއްވި އެވެ. މީގެ އިތުރުން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީގެ މަގާމާއި މާލެ ސިޓީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމު ވެސް ވަނީ ފުރުއްވައިފަ އެވެ.
ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ވަކިކޮށްފަ އެވެ.
ކޮލަމްބިއާއަށް ބާރުގަދަ ބިންހެލުމެއް، 100 އަށްވުރެ ގިނަ މަރު
ކަނޑުއޮޅިން މައިންތައް ސާފުކޮށް އެއްކޮށް ހުޅުވާލައިފިން: ޓްރަމްޕް
ހަތް މަސްތެރޭ 144 ކިލޯގެ ޑްރަގާއެކު 1،800 މީީހުން ހައްޔަރުކުރި