ބޮލީވުޑްގެ ކާމިޔާބު ތަރި ދީޕިކާ ޕަދުކޯންއަށް މިދިޔަ ހޮނިހިރު ދުވަހު ލިބުނު އަލަތު ދަރިފުޅުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.
އެ ފޮޓޯގައި ފެންނަނީ ދީޕިކާ ހޮސްޕިޓަލުގެ ހެދުމެއްގައި އޮށޯވެގެން އޮންނައިރު ދަރިފުޅު އޭނާގެ މޭމަތީގައި ބާއްވާފައި އޮންނަ މަންޒަރެވެ.
ދީޕިކާ އޭނާގެ ދަރިފުޅުގެ މޫނަށް ބަލަހައްޓައިގެން އޮންނައިރު އޭނާގެ މޫނުމަތިން ހިނިތުންވުމާއި އުފާވެރިކަމުގެ ކުލަތައް ފެނިގެންދެ އެވެ.
މި ފޮޓޯ ސޯޝަލް މީޑިއާގެ އެކި މަންސިތަކުގައި ދައުރުވަމުން ދިޔަ ނަމަވެސް ހަގީގަތަކީ އެއީ ދީޕިކާއާއި އޭނާގެ ދަރިފުޅުގެ ފޮޓޯއެއް ނޫން ކަމެވެ. އެއީ އާޓިފިޝަލް އިންޓަލިޖެންސްގެ އެހީގައި އުފައްދާފައިވާ ފޮޓޯއެކެވެ.
ދީޕިކާއާއި އޭނާގެ ފިރިމީހާ ރަންވީރަށް އަންހެން ކުއްޖަކު ލިބިފައިވާކަން އެ ދެމީހުންގެ އިންސްގްރާމް މެދުވެރިކޮށް އިއުލާން ކުރި ނަމަވެސް އެ ޕޯސްޓުގައި އެ ދެމައިންގެ އެއްވެސް ފޮޓޯއެއް ހިމަނާފައެއް ނުވެ އެވެ.
ބެލެވޭ ގޮތުގައި ބޮލީވުޑްގެ އެހެން ތަރިންނެކޭ އެއްފަދައިން ދީޕިކާއާއި ރަންވީރު ވެސް އެމީހުންގެ ދަރިފުޅު ގެންގުޅޭނީ މީޑިއާއަށް ވަރަށް ފޮރުވައިގެންނެވެ.