ނ. ހޮޅުދޫގައި މެދު އުމުރުގެ އަންހެނަކު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ އަންހެން މީހާ މަރާލާފައިވަނީ ވަޅިއަކުން އޭނާގެ ކަރަށް ހަމަލާދީގެންނެވެ. މަރާލާފައި ވަނީ އުމުރުން 50 އެ ރަށު މާރަނގަ، ޒަކިއްޔާ މޫސާ 50، އެވެ.

ފުލުހުން ބުނީ ހޮޅުދޫގައި ޒަހަމުތަކަކާއެކު އަންހެނަކު އޮތްކަމަށް މިއަދު ހެނދުނު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ އަންހެން މީހާ އެރަށުގެ ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށާއި އެ މީހާ މަރުވެފައިވާ ކަމަށް ހެލްތް ސެންޓަރުން މައުލޫމާތުދޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނެފައި ވަނީ މިކަމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.