ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ސްޕައި ތުރިލާ ސީރީޒްއެއް ކަމަށްވާ "ސިޓަޑޭލް: ޑައާނާ"ގެ އިތުރު ޓްރެއިލާއެއް އާއްމު ކޮށްފި އެވެ.

މަޓިލްޑާ ޑި އެންޖެލިސް ލީޑު ރޯލުން ފެނިގެންދާ އެ ސީރީޒްގެ އިތުރު ތަރިންގެ ތެރޭގައި ލޮރެންޒޯ ސެރްވާސިއޯ، މައުރިޒިއޯ ލޮމްބާޑީ އަދި ފިލިޕޯ ނިގްރޯ ހިމެނެ އެވެ.

2030 ވަނަ އަހަރު ހިނގާ ހާދިސާތަކެއް ފެނިގެންދާ އެ ސީރީޒްގައި ފެންނާނީ ލީޑު ކެރެކްޓަރުގެ މައިންބަފައިންގެ މަރުގެ ބަދަލު ހިފަން އޭނާ ކުރާ މަސައްކަތްތަކެކެވެ.

https://www.youtube.com/watch?v=lE7awQwGEek

އާނާލްޑޯ ކަޓިނާރީ ޑައިރެކްޓްކުރާ އެ ސީރީޒް އުފައްދާފައިވަނީ އެމޭޒަން އެމްޖީއެމް ސްޓޫޑިއޯސްއާއި ކަޓްލެޔާ ގުޅިގެން ކަމަށް ހަބަރުތައް ބުނެ އެވެ.

"ސިޓަޑޭލް: ޑައާނާ"އަކީ ގްލޯބަލް ފްރެންޗައިޒްއެއްގެ ދަށުން އުފައްދާ ސީރީޒް އެކެވެ. އެ ފްރެންޗައިޒްގެ ފުރަތަމަ އުފެއްދުމުގައި ޕްރިޔަންކާ ޗޯޕްރާއާއި ރިޗާޑް މަޑަން ފެނުނުއިރު ކުރިއަށް އޮތް އަދަދުގައި ފެންނާނީ ސަމާންތާއާއި ވަރުން ދަވަން އެވެ.

"ސިޓަޑޭލް: ޑައާނާ" ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އެމޭޒަން ޕްރައިމް ވީޑިއޯ މެދުވެރިކޮށް އެ ސީރީޒްގެ އެޕިސޯޑުތައް ބެލޭނެ އެވެ.