މަކުނުވިދުރި (އެމްޕޮކްސް) ގެ ދެ ކޭސްއެއް ހުޅުމާލެ އިން ފެނުނުކަމަށް ބުނެ އޮންލައިން ނޫހަކުން ހަބަރު ފެތުރުމުން ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް އެކަން ދޮގުކުރައްވައިފި އެވެ.
މިކަމާ ގުޅިގެން ހަލީލް މިއަދު އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފަދަ ދޮގު ހަބަރު ފަތުރާ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށެވެ.
ހަލީލް ވިދާޅުވީ ހުކުރު ދުވަހަކީ ހަފްތާގެ އެންމެ މާތް ދުވަސް ކަމަށާއި ހެޔޮކަންކަމަށް ގޮވާލާ އަމަލުތައް ގިނަކުރަން ނަސޭހަތް ލިބިގަންނަންވީ ދުވަސް ކަމަށެވެ.
"މި މާތް ދުވަހުގައި ވެސް މި ނޫހުން މި ފަތުރަން ދިމާކުރީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ފަތުރަން 'ރޯ ބުހުތާނު ދޮގު'" މިނިސްޓަރު އެކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވާ ލިޔުއްވި ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.
މިހާތަނަށް އަދި ރާއްޖެއިން އެމްޕޮކްސްގެ ކޭސްއެއް ފެނިފައިވާކަން އެއްވެސް ރަސްމީ އިދާރާއަކުން ހާމަކޮށްފައިނުވެ އެވެ. އިއްޔެ ޑަބްލިއުއެޗްއޯ އިން ވަނީ ރާއްޖެ އަށް އެމްޕޮކްސް ބަލި ޓެސްޓްކުރާނެ ކިޓްތަކެއް ހަދިޔާކޮށްފަ އެވެ.
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
އީރާނަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި
އަމީތާބު ދެކިލަން އެއްވި މީހުން ފުލުހުންނަށް ވެސް ކޮންޓްރޯލް ނުވި