ހުރިހާގެ މި ފިހަރުގެ "10 ސުވާލު" މި ހާއްސަކޮށްލަނީ ފޮޓޯގްރަފީގެ މަސައްކަތުގައި ފާހަގަކޮށްލެވޭ އައިޝަތު ޖަޒްލާއަށް. ސޯޝަލް މީޑިއާގެ ނަމުންނަމަ ލެޖަޒް ފޮޓޯގްރަފީ. 13 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާއާއެކު ޖަޒް ކިޔާ ދިނީ މި މަަސައްކަތުގެ ހާއްސަ އެކި ކަންކަމުގެ ވާހަކަތައް.

1. ފޮޓޯގްރަފީގެ މަސައްކަތް ކުރަން ފެށީ ކޮންއިރަކު؟

ޖަވާބު: ޕްރޮފެޝަނަލް ފޮޓޯގްރަފީ މަސައްކަތް ފެށި 2012 ގައި. ކޮލެޖްގަ އުޅެމުން އެންމެ ކްލޯޒް ފްރެންޑްސްގެ ޕޯޓްރެއިޓް ނަގަން ފެށީ. ދެން ކޮލެޖްއިން ޑްރޮޕްއައުޓްވެފައި ދެން އެ މަޑު މަޑުން ފޮޓޯގްރަފީ އެކްސްޕޭންޑް ކުރަން ފެށީ. ބަޓް ކުޑަ އިރުއްސުރެ ފޮޓޯ ނަގަން. ހަނދާން ހުންނަން ފެށީއްސުރެ ވެސް ކުޑަ ޑިޖިޓަލް ކެމެރާއެއް ގެންގުޅެން އަބަދުވެސް ފެމެލީ އޮކޭޝަންސް އަދި ފްރެންޑްސްގެ ވިއަސް ފޮޓޯ ނަގަން. މެމޮރީސް ކަލެކްޓްކުރުމަކީ ޖަޒް ވަރަށް ކުރާ ހިތްވާ ކަމެއް އޭރުވެސް މިހާރު ވެސް. އެއީ ކަންނޭނގެ އަސްލު އެންމެ ފުރަތަމަ ފޮޓޯގްރަފީ ފެށުނު ގޮތަކީ.

2. ފުލްޓައިމް ކޮށްތަ މި މަސައްކަތް ކުރަނީ؟

ޖަވާބު: ފުލްޓައިމްކޮށް ކުރިން އެކަމަކު މިހާރު ފުލް ޓައިމްކޮށެއް ނުކުރެވޭ އަސްލު. ބިއިންގް އަ ސިންގަލް މަދާ ޓު ޓީ ކިޑްސް. ލިބޭ ވަރަށް މަދު ޝޫޓްސް މިހާރު ނެގެނީ ކޮމްޕެއާޑް ޓު ކުރިން.

3. މި ވޯކް ކުރާއިރު ފެމިލީ ލައިފް މެނޭޖް ކުރަނީ ކިހިނެތް؟

ޖަވާބު: ކޮންމެ ވޯކެއް ވެސް ނަގަނީ ކުދިންގެ ކަންތައްކޮށްފައި. އެ ޝޫޓަކަށް ފުލް ކޮމިޓްމެންޓް ދެވޭނެ ވޯކް. ވަރަށް އޯވާ ވެލްމިންގް ޑޭސް އާދޭ ބަޓް އައި އެންޖޯއީ ވޯކިންގް އެންޑް ބިއިންގް އަ މަދާ.

https://www.instagram.com/p/C7_7ZCUteUN/?igsh=bmh1b3owNW82YnF1
ޖަޒްލާގެ މަސައްކަތް

4. ޖަޒް އެންމެ ކޮންފިޑެންޓް ވަނީ ކޮންކަހަލަ ފޮޓޯގްރަފީއަކަށް؟

ޖަވާބު: ކޮންފިޑެންޓް އަސްލު ހުރިހާ ވޯކްއަކަށްވެސް. ނަގަނީވެސް އެވަރަށް ވޯކް ކުރެވެންޏާ އެކަނި ޕްރޮޖެކްޓްސް އަދި ނިންމާފައި ފައިނަލް ވޯކް ދޭ އިރު ޔަގީންކުރަން ކްލައެންޓްގެ އެކްޕެކްޓޭޝަންސް އާ އެއްވަރަށް ޖަޒްއަށް ވޯކްކުރެވިފަ ހުރިތޯ. މިހާރަކަށް އައިސް އެންމެ ކޮންފިޑެންޓްކޮށް ކުރާ ފޮޓޯގްރަފީއަކީ ވައިލްޑްލައިފް ފޮޓޯގްރަފީ އޭ ބުނެވޭނީ އެއީ އައި ފައިންޑް މައި ކާމް އިން އިޓް. ވައިލްޑް އެނިމަލްގެ ފޮޓޯނެގުމާއި ބިއިންގް އިން ދަ ޖަންގަލް މޭކްސް މީ ހެފީ.

5. އެންމެ ފޭވަރިޓް ޝޫޓަކީ ކޮބާ؟

ޖަވާބު: 13 އަހަރު ވެއްޖެ ވޯކް ކުރާތާ ފޮޓޯގްރަފާއެއްގެ ގޮތުގައި. އުޅޭ ހަމަ ވަރަށް ބައިވަރު ފޭވަރިޓްސް. ވަރަށް ފަހުން ލަންކާގެ މޮޑެލް ރެޝާލީ އާ އެއްކޮށް ހެދި "ވޯލްފްލާވާ" ކޮންސެޕްޓްގެ ޝޫޓް އިޒް ވަން އޮފް ދެމް.

6. މިހާތަނަށް ޝޫޓްކުރި އެންމެ ޗެލެންޖިންގް ޝޫޓަކީ ކޮބާ؟

ޖަވާބު: މި ބޮޑު އީދުގައި ވ. ތިނަދޫގެ އީދު ކަވާކުރަން ޖަޒް އެކަނި ދިޔައިން. އެ ޕްރޮޖެކްޓްގައި ލަވައަކަށް ވީޑިއޯ ހަދަން އަދި އީދު ކުޅިވަރުތައް ކަވާ ކުރަން. ފަސް ދުވަސް ވަންދެން. ފަތިހު ހޭލާގޮތަށް ރޭގަނޑު 12 ވަންދެން ހަމަ މުޅި ދުވަހު ކުޅިވަރުތައް އަދި އިވެންޓްތައް ކަވާ ކުރީ. ވަރަށް ޓަޔަރިންގް އަދި ޗެލެންޖިންގް އެކަނި ކުރަންވީމަ. އެކަމަކު ހަމަ ވަރަށް މަޖާ. ޓުބީ އޮނެސްޓް އަންފޮގެޓަބަލް އެކްސްޕީރިއަންސްއެއް ވެސްމެ.

https://www.instagram.com/p/CzgdL0vBPKr/?igsh=MXN0cHhpdmhuMmhybg==
ޖަޒްލާގެ މަސައްކަތް

7. ބޭނުންވަނީ ކޮން ކަހަލަ ފޮޓޯތަކެއްކަން ބުނެދޭން ނޭނގޭ ނުވަތަ ޑިސައިޑްކުރަން ނޭނގޭ ކްލައެންޓްސްއަށް އެހީވަނީ ކިހިނެތް؟

ޖަވާބު: ކޮންމެ ކްލައެންޓަކާ ވެސް ޖަޒް ކޮމިއުނިކޭޓް ކުރަން ޝޫޓަށް ދިޔުމުގެ ކުރިން ގުޅައިގެން ނޫނީ ޓެކްސްޓުން. ޕާސަނަލީ އަހަން ޕްރިފަރެންސަސް އިން ލައިޓިންގް އަދި ޕޯސަސް ހުންނަން ބޭނުންވާ ގޮތާ ސެޓްއަޕް ހުންނަން ޖެހޭ ގޮތް. އޭރުން ޖަޒް އަށް ވެސް އެމީހުން ބޭނުންވާ ގޮތާ އެންމެ ގާތްކޮށް ފެއާ އައިޑިއާއެއް ލިބޭނީ އަސްލު ޓު ކްރިއޭޓް ވަޓް ދޭ ހޭވް އިން މައިންޑް. އެގޮތަށް ހެދީމަ ކްލައެންޓްސްވެސް ކޮމްފޮޓަބަލް ވޭ ތަންކޮޅެއް އަދި ދެފަރާތައް ވެސް ވެސް ފަސޭހަވޭ ވޯކްކުރަން. އެމީހުން ދޭ އިންސްޓްރަކްޝަންސްއަށް ބިނާކޮށް ޝޫޓްގެ ކުރިން މޫޑް ބޯޑެއް ފޮނުވަން. އޭރުން ޕޯސްތައް ވެސް ފެމިލިއާވެ، ޝޫޓްގެ އައިޑިއާއެއް ލިބޭ.

8. ކްލައެންޓް ފީޑް ބެކް/ ކްރިޓިސިޒަމް ހެންޑްލް ކުރަނީ ކިހިނެތް؟

ޖަވާބު: ފީޑްބެކަށް އަދި ކްރިސިޒަމްއަށް އޯޕަން. ޕޮސިޓިވްކޮށް ނަގަނީ. އިންޕްރޫވްކުރަން އަބަދުވެސް ރޫމް އޮންނާނެ. މިސާލަކަށް. އެ ފަހަރު ދޭ ފޮޓޯ ބުނެފާނެ ކުޑަ ޗޭންޖެއް ގެންނަން. ބުނެފިއްޔާ ޗޭންޖް ގެނެއްސަ ހަމަ ފޮނުވަ ދޭނަން.

https://www.instagram.com/reel/C9fK4tfS35W/?igsh=MTMzYzY1MnRubW4yNA==

9. ފޮޓޯގްރަފީއަށް އިންޓްރެސްޓް ހުރި ކުއްޖަކަށް ރިކޮމެންޑް ކުރާނީ ކޮން ކެމެރާއެއް؟

ޖަވާބު: ފޮޓޯގްރަފީގެ އިންޓްރެސްޓް ހުންނަ ކުއްޖަކަސް ރިކޮމެންޑް ކުރާނީ އެނީ ގުޑް ކެމެރާ ޔޫ ކޭން އެފޯޑް އަސްލު. ބައެއް ފަހަރު މީހުން ބުނާނެ ފުރަތަމަ ފަށާއިރު ތަންކޮޅެއް އާދައިގެ ކެމެރާއަކުން ފަށާށޭ. އެކަމަކު ޖަޒް ބުނާނީ ގަނެވެންޏާ ފުރަތަމަވެސް ރަނގަޅު ކެމެރާއެއް ގަންނައްޗޭ. ދެން އިންވެސްޓް އިން ގުޑް ގިއާސް. ގިއާ އަކީ ފޮޓޯގްރަފީއަށް މުހިންމު އެއްޗެއް. ހަމަ ގޮތަށް ހެވިންގް ދަ ޑްރައިވް އަދި ޓެލެންޓް ޓު ފޮޓޯގްރާފް އަކީވެސް އީކުއަލީ އިންޕޯޓަންޓް ކަމެއް. ޔޫ ނީޑް ޓު ބީ އޭބަލް ޓު ޕިކްޗާ ދަ ފޮޓޯގްރާފް އިން ޔޯ މައިންޑް ބިފޯ ޔޫ އެކްސްކިއުޓް އިޓް.

10. ވީޑިއޯ ވެސް ނަގައިދެންތަ؟

ޖަވާބު: ވީޑިއޯ ވެސް މިހާރު ނަގައިދެން. ހުރިހާ ކަހަލަ އިވެންޓްވެސް އަދި ޝޫޓްސްގެ ވެސް ވީޑިއޯ ހަދަން