ކޮމެޑީ ޝޯތައް ބެލުމަކީ އަރާމުކޮށްލާ އާއިލާއާ އެކު ވަގުތު ހޭދަކުރުމަށް ކުރެވިދާނެ ވަރަށް ރަނގަޅު ކަމެކެެވެ. އަދި އެކަމުގެ ސަބަބުން ތިމާގެ ގުޅުންވެސް އިތުރަށް ބަދަހިވެގެން ދެއެވެ. އާއިލާއާ އެކު ނުވަތަ އެކަނި ވިޔަސް މަޖާ އެއްޗެއް ބަލާލުމުން ސްޓްރެސް ފިލާ، ސިކުނޑި ރީޗާޖްކޮށްލެވެއެވެ.

މި ފަހަރު މި ގެނެސްދެނީ ބަލާލަން ރަނގަޅު އެންމެ މަޖާ އިނގިރޭސި ކޮމެޑީ ޝޯ ތަކުގެ ލިސްޓެކެވެ.

1. ފްރެންޑްސް

މި ޝޯ ނޭނގޭ މީހަކު މަދުވާނެއެވެ. މިއީި ނިއު ޔޯކްގައި ދިރިއުޅޭ 6 ރައްޓެހިންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޝޯއެކެވެ. މި ޝޯގައި 10 ސީޒަން ހިމެނެއެވެ.

ޓީވީ ޝޯ ފްރެންޑްސް

2. ދަ ބިގް ބޭންގް ތިޔަރީ

މިއީ 4 ފިރިހެން ސައެންޓިސްޓުންނާއި އެމީހުންގެ އަންހެން އަވަށްޓެރިޔާ ޕެނީއާއި އެކު އޮންނަ ދިރިއުޅުމުގެ މައްޗަށް ބިނާ ކޮށް ހަދާފައިވާ ޝޯއެކެވެ. މި ޝޯގައި 12 ސީޒަން ހިމެނެއެވެ.

ދަ ބިގް ބޭންގް ތިއަރީގެ ކާސްޓް

3. ދި އޮފިސް

މިއީ އޮފީހެއްގައި އެކީގައި މަސައްކަތް ކުރާއިރު ދިމާވާ އެކި އެކި މަޖާ ކަންކަން ދައްކައިދޭ ޝޯއެކެވެ. މި ޝޯގައި 9 ސީޒަން ހިމެނެއެވެ.

ދި އޮފިސްގެ ކާސްޓް

4. 2 ބްރޯކް ގާލްސް

މިއީ ނިއު ޔޯކްގެ ޑައިނާ ކެފޭއެއްގައި ވެއިޓަރުންގެ ގޮތުގައި މަސައްކަތްކުރާ ދެ އަންހެން ކުދިންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޝޯއެކެވެ. މި ޝޯގައި ކެރޮލައިން އަދި މެކްސްގެ އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތް ދައްކައިދެއެވެ. މި ޝޯގައި 6 ސީޒަން ހިމެނެއެވެ.

ޓޫ ބްރޯކް ގާލްސް

5. ބްރުކްލިން ނައިން ނައިން

މިއީ ބްރުކްލިން ޕޮލިސް ސްޓޭޝަންއެއްގައި މަސައްކަތްކުރާ އޮފިސަރުންގެ މަސައްކަތުގެ ތެރޭގައި ދިމާވާ އެކިކަންކަން ދައްކައިދޭ ޝޯއެކެވެ. މި ޝޯގައި 8 ސީޒަން ހިމެނެއެވެ.

ބްރުކްލިން 99 ގެ ކާސްޓް

6. މޮޑާން ފެމެލީ

މިއީ ބޮޑު އާއިލާއެއްގެ ދިރިއުޅުމުގެ ތެރޭގައި ދިމާވާ ކަންކަން ދައްކައިދޭ ޝޯއެކެވެ. މި ޝޯގައި 11 ސީޒަން ހިމެނެއެވެ.

މޮޑާން ފެމިލީ

7. ހައު އައި މެޓް ޔޯ މަދާ

މިއީ ނިއު ޔޯކްގައި ދިރިއުޅޭ ޓެޑް މޯސްބީ ކިޔާ ފިރިހެނަކު އޭނާގެ ދަރިންގެ މަންމައާ ދިމާވި ގޮތް ދަރިންނަށް ކިޔާދޭ ޝޯއެކެވެ. ދަރިންގެ މަންމައާ ދިމާވުމާ ހަމައަށް ހަޔާތުގައި ދިމާވި ހުރިހާ ކަމެއް އޭނާ ދަރިންނަށް ކިޔާދެއެވެ. މި ޝޯގައި 9 ސިީޒަން ހިމެނެއެވެ.

ހައު އައި މެޓް ޔޯ މަދާ