ފާއިތުވި 24 ގަޑިއިރު ތެރޭގައި ހުޅުމާލޭގައި ދެ އެކްސިޑެންޓެއް ހިނގާ، މީހަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު ނިރޮޅުމަގުގައި އެކްސިޑެންޓް ހިނގީ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް އެ މަގުން އައި އެހެން ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓްގައި މީހަކަށް އަނިޔާ ނުވާކަމަށް ފުލުހުން ބުންޏެވެ.

ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ ރޭ 12 ޖެހިއިރު އުރީދޫ ބިލްޑިން ކައިރީގަ އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލެއް އަނބުރާލަން އުޅުމުގެ ތެރޭގައި ސައިކަލު ކަހާލައިގެންކަމަށްވެ އެވެ. ވެއްޓުމުގެ ސަބަބުން ސައިކަލް ދުއްވި މީހާއަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިފައިވެ އެވެ.

އެ ސަރަހައްދަކީ ދާދި ފަހުން މެރަތަންއަކަށް ދިޔަ ޒުވާނަކު ނިޔާވި އެކްސިޑެންޓް ހިނގި ސަރަހައްދެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ އެ ޒުވާނާ ދުއްވި ސައިކަލާއި ބާރު ސްޕީޑްގައި ދުއްވި ކާރެއް ޖެހިގެންނެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރަށްވުރެ މިއަހަރު އެކްސިޑެންޓްތައް ވަނީ އިތުރުވެފަ އެވެ.