އެޗްޕީއޭގެ މިންގަނޑާ އެއްގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ހެއްދުމަށް ބޭނުންވާ ތިއަރީ އަދި ދުއްވުމުގެ އިމްތިހާން ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވުމާއެކު ޓްރާސްޕޯޓް މިނިސްޓްރީން މިހާރު އޮތީ ލައިސަންސް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލާފަ އެވެ.
މިކަމާ ގުޅިގެން ޑްރައިވިން ސްކޫލްތަކުގެ އިސްވެރިން ވަނީ މިސްޓްރީގެ އިސްވެރިންނަށް ޝަކުވާ ހުށަހަޅާފަ އެވެ. އަދި ލައިސަންސް ދޫކުރުމާ މެދު ކުރެވުނު މަޝްވަރާތަކަށްފަހު މިނިސްޓްރީން ވަނީ ލައިސަންސް ދޭން އަލުން ފެށުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.
ރާއްޖޭގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ކޮވިޑްގެ ކޭސްތަކުގެ އަދަދު އާންމުކޮށް 100 އިން މަތީގައި ހުންނަތާ މަހަކަށްވުރެ ގިނަދުވަސް ވަނީ ވެފަ އެވެ. އޭގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަ ކުރަމުންނެވެ.
"ހަނގުރާމަ ނިންމަން ހުށަހެޅުންތަކެއް އެމެރިކާއަށް ފޮނުވައިފިން"
އަލުން މަސްތުގެ ވަބާއަށް ހުށައެޅުނު ކަމަށް ބްރެޑް ބުނެފި
ޝިޔާމާ ސުވާލުނުކުރެވޭނެ ކަމަށް ނިންމުމަށް ފަހު ފުރުސަތު ދީފި
