90ގެ އަަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އުރްމިލާ މަޓޮންޑްކަރް ވެސް އޭނާގެ ފިރިމީހާގެ ކިބައިން ވަރިއަށް އެދެފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި 8 އަހަރު ދުވަހު ކައިވެނި ކޮށްގެން އުޅުމަށްފަހު ފިރިމީހާ މުހްސިން އަހުތަރު މީރްގެ ކިބައިން ވަރިއަށް އެދި މައްސަލަ ވަނީ މިހާރު ކޯޓަށް ހުށައަޅާފަ އެވެ.

މުމްބާއީގެ ކޯޓާ ގުޅުންހުރި ފަރާތަކުން އެކަން ޔަގީން ކޮށްދީފައި ވީނަމަވެސް އުރްމިލާ ކައިވެނި ރޫޅާލަން ނިންމި ސަބަބެއް އަދި މީޑިއާއަށް އެނގިފައެއް ނުވެ އެވެ.

https://www.instagram.com/p/CrTcPP_Pblc/?utm_source=ig_embed&ig_rid=ad6ae3dc-d5be-4e6e-8237-6225580e201b

2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހު ކައިވެނިކުރި އުރްމިލާއާއި މުހުސިންގެ ކައިވެންޏަށް ގިނަ ބައެއްގެ ލޯތައް އަމާޒުވިއިރު އޭގެ އެންމެ ބޮޑު ސަބަބަކަށްވީ އެ ދެމީހުން ދެ ދީނަކަށް ނިސްބަތް ވުމެވެ.

އޭގެ އިތުރުން އެ ދެމީހުންގެ އުމުރުގައި 10 އަހަރުގެ ތަފާތެއް ހުރުމާއި ދެ މީހުންގެ މަސައްކަތުގައި ވެސް ބޮޑު ތަފާތުތަކެއް ހުރުމަކީ ވަރިއަށް މަގުފަހިވި ކަންކަން ކަމުގައި ބެލެވެ އެވެ.

އުރްމިލާއަކީ ބޮލީވުޑްގައި ނަން މަޝްހޫރު ތަރިއަކަށްވާއިރު މުހުސިންއަކީ ކަޝްމީރަށް ނިސްބަތްވާ މޮޑެލްއެއް އަދި ވިޔަފާރިވެރި އެކެވެ.