ހުޅުމާލޭގެ ފޭސް 1 އިން ފެނުނު ކުކުޅު ކޭހެއްގެ ވެރިފަރާތް ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ފުލުހުން ވަނީ ހުޅުމާލެ ފޭސް 1 ގެ އަލިނިރު ކެފޭ ކައިރިން ހޮވައިގެން ގެނެސްފައިވާ ކުކުޅު ކޭހެއްގެ ވެރިފަރާތް ހޯދަމުންދާ ކަމަށް ބުނެފަ އެވެ.

އަދި މި ކުކުޅު ކޭހުގެ ވެރިފަރާތް ތަކެއްޗާ ހަވާލުވުމަށް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންްއަށް އައުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ގުޅުއްވުމަށް ފުލުހުންވަނީ ބުނެފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން އައްޑޫގައި އޮޅުކޮށްގެން ގެންގުޅުނު ކުކުޅެއް ގެއްލިގެން ވެސް އާއިލާއިން ވަނީ ސޯޝަލް މީޑިއާގައި އިއުލާންކޮށްފައެވެ. ފައިގައި ރަން ކެވެލިކޮޅެއް އަޅާފައިވާ އޮންނަ "ފަރީދު" ނަމަކަށް ކިޔާ މި ކުކުޅު އަދިވެސް ނުފެންނަކަމަށް އާއިލާއިން ވަނީ ބުނެފައެވެ.