ރާއްޖޭގެ ހިތްގައިމު އަތޮޅެއްކަމަށްވާ ވ. އަތޮޅު އަމަންގެ 21 ވަނަ ޕްރޮޕަޓީ "އަމަން މޯލްޑިވްސް" ތައާރަފްކޮށްފި އެވެ.

މި ހިތްގައިމު މަންޒިލްގައި ހަދާ އަމަން މޯލްޑިވްސްގައި 52 ކީ ރިސޯޓަކާއި 16 ބްރޭންޑްގެ ރެސިޑެންސް ހެދުމަށްވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ އެންމެ އެކަހެރި އަދި ހާއްސަ އެއް ސަރަހައްދުގެ ގޮތުގައި އޮންނަ، ވ. އަތޮޅަކީ ޑައިވިންއަށް މަޝްހޫރު، ތިމާވެށީގެ ސާދާކަމާއި ރީތިކަން ދައްކުވައިދޭ ހުދު ގޮނޑުދޮށްތަކާއި، ނޫވިލު ރީތި މޫދު ހިމެނޭ ސަރަހައްދެކެވެ.

މި ބްރޭންޑާއެކު އަމަން 21 މަންޒިލަކަށް ފުޅާވެ، ބެވަލީ ހިލްސް، ނިސޭކޯ އަދި ބެންކޮކް ފަދަ ކުންފުނިތަކުގެ ތެރޭގައި އަމަން މޯލްޑިވްސް ހިމެނިގެންދާނެ އެވެ.

އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އިތުރު ތަފްސީލާއި ހުޅުވާނެ ތާރީހު ވަރަށް އަވަހަށް އިއުލާނު ކުރާނެކަމަށް އެ ކުންފުނިން ބުނެ އެވެ.

އަމަން ގްރޫޕްގެ ޗެއާމަން އަދި ސީއީއޯ ވްލާޑް ޑޮރޮނިން ވިދާޅުވީ އަމަން މޯލްޑިވްސް އާއެކު ފުރަތަމަ ފަހަރަށް އަމަންގެ ޒަމާންވީ ރީތިކަމާއި، ފުރިހަމަ ހިދުމަތާއި ތަފާތު ޕްރައިވެސީގެ ސިފަތައް، މިފަދަ މަގުބޫލު މަންޒިލަކަށް ގެނައުމަށް ލިބުމީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ސްޓޭންޑަލޯން ޕެވިލިއަންތަކުގެ ތެރޭގައި އެއް ކޮޓަރީން ފެށިގެން ތިން ކޮޓަރީގެ ޕެވިލިއަންތައް ހުންނައިރު، ބައެއް ޕެވިލިއަންތައް މައި ރިސޯޓްގައި އަދި އަނެއް ބައި ޕެވިލިއަންތައް ހުންނާނީ ޓްރެންކުއެލް އެކްސްޓެންޝަންގައި ކަމަށާއި އެއިން ކޮންމެ ޕެވިލިއަންއެއްގައި ޕްރައިވެޓް ޕޫލެއް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން، މި ޕްރޮޕަޓީގައި ތަފާތު ރެސްޓޯރެންޓްތަކާއި ބީޗް ކްލަބެއްގެ އިތުރުން އަމިއްލަ ބައެއް ޑައިނިން ލޮކޭޝަންތައް ވެސް ހުންނާނެ އެވެ. އަމަން މޯލްޑިވްސްގެ ސްޕާ ފެސިލިޓީތަކަކީ 2،638 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސްޕާ ފެސިލިޓީތަކެކެވެ.

މި ޕްރޮޕަޓީގައި ޑައިވް ސެންޓަރަކާއި ވޯޓާ ސްޕޯޓްސްގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ އެންމެ ރީތި ފަރުތައް ވެސް ބަލާލެވޭނެ އެވެ. ފަސް ކޮޓަރިއާއި 10 ކޮޓަރިއާ ދެމެދުގެ 16 އަމަން ރެސިޑެންސް ހުންނަ އަމަން މޯލްޑިވްސް އިން ޕާސަނަލް އެންކްލޭވްތަކާއި، ވަކި އައިލެޓެއްގައި ބަހައްޓާފައިވާ ކޮންމެ ރެސިޑެންސްއެއްގައި އަމިއްލަ ބީޗެއް އޮންނައިރު، މި ތަންތަނުގައި 25 މީޓަރުގެ ސްވިމިން ޕޫލަކާއި ޕާސަނަލް ލޭންޑިން ޖެޓީއެއް އޮންނާނެކަމަށް އެ ކުންފުނިން ބުނެ އެވެ.