ޖާންވީގެ މަންމަ ސްރީދޭވީ ފަދައިން އެނާވެސް ފެންނަނީ ސަޕޯޓަރުންނާ ގާތް ގުޅުމެއް ބާއްވާ ތަރިއެއްގެ ގޮތުގަ އެވެ.
ދާދި ފަހުން އެއާޕޯޓުގައި ޖާންވީގެ ސެކިއުރިޓީއިން ސަޕޯޓަރަކާ ދޭތެރޭ ހަރުކަށިކޮށް އަމަލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. ސެކިއުރިޓީގެ އަމަލުތަކުން ސަޕޯޓަރު ލަދުގަތްކަން އެނގުމުން ޖާންވީ ވަނީ އަމިއްލައަށް އޭނާ ގާތަށް ގޮސް ސެލްފީއެއް ނެގުމުގެ ފުރުސަތު ދީފަ އެވެ.
ޖާންވީގެ މި އަމަލާއެކު ގިނަ ބަޔަކު ބުނަމުން ދިޔައީ އޭނާ އަކީ އޭނާގެ މަންމަ ސްރީދޭވީ ފަދައިން ކޮންމެ ހާލަތެއްގައި ވެސް ސަޕޯޓަރުންނަށް ހިތްހެޔޮ މީހެއްކަން އެނގިގެންދިޔަ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ޖާންވީ ބުނީ ކަންތައް ހިނގާދިޔަ ގޮތާމެދު ހިތާމަކުރާ ކަމަށެވެ. އަދި ސެކިރިޓީ އަމަލުކުރި ގޮތާމެދު ހިތްހަމަނުޖެހުނު ކަމަށްވެސް ޖާންވީ ބުންޏެވެ.
"އަހަރެން އުންމީދު ކުރަން އެ ސަޕޯޓަރު ގެއަށް ދިޔައީ އުފަލުންކަމަށް،" ޖާންވީ ބުންޏެވެ.

ގުރުއާން ހިތުދަސް 50 ހާފިޒަކަށް އާދީއްތަ ދުވަހު އެވޯޑު ދެނީ
"ދެ އަންހެނުން"ނަށް ފަހު ބަންގްލަދޭޝް: އާ ފެށުމެއްތަ؟
މަސައްކަތް މި ކުރަނީ ރައްޔިތުނާ ގާތުން ހިދުމަތް ކުރުމަށް: ރައީސް
