މިއަދު ޖުމްލަ 115 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، 7862 މީހަކު ވެކްސިން ޖަހައިފި އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު މާލެއިން 98 މީހަކު، އަތޮޅުތެރެއިން ފަސް މީހަކު، ރިސޯޓްތަކުން ޖުމްލަ 12 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއަދުގެ 115 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 21،034 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،535 ގައި މިހާރު ހުރިއިރު 18،428 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިހާތަނަށް މި ބަލީގައި 63 މީހަކު ވަނީ މަރުވެފަ އެވެ.

މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 4،083 މީހުންނަކީ މާލެ އިން ވެކްސިން ޖެހި މީހުންނެވެ. ބާކީ 3،779 މީހުންނަކީ އަތޮޅުތެރެއިން ވެކްސިން ޖެހި މީހުންނެވެ.

މިހާތަނަށް މުޅި ރާއްޖެއިން 165،675 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އޭގެތެރެއިން 95،363 މީހުންނަކީ މާލެ އިން ވެކްސިން ޖެހި މީހުންނެވެ. އަތޮޅު ތެރެއިން ވެކްސިން ޖެހީ ޖުމްލަ 70،313 މީހުންނެވެ.